- Advertisement -ad image

ރާއްޖޭގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދު ނުކުރެވެނީ ގާނޫނު ނެތިގެނެއް ނޫން: ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖޭގައި ހިންގަމުން އަންނަ ހަށި ވިއްކާ ތަންތަން ބަންދު ނުކުރެވިގެން އުޅެނީ ގާނޫނު ނެތިގެން ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިންގަމުންދާ ހަށިވިއްކާ ހުރިހާ ތަނެއް ވަގުތުން ވަގުތަށް ބަންދު ކުރެވޭނެ ގާނޫނުތައް ރާއްޖޭގައި އެބަހުރި ކަމަށެވެ.
ނަމަވެސް އެކަން ނުވެގެން އުޅެނީ ކީއްވެތީ ޝަހީމް ސުވާލު އުފައްދަވާ ވިދާޅުވީ، އެއީ ގާނޫނު ނެތިގެން ނޫން ކަމަާށެވެ.

ޝަހީމް ވިދާޅުވީ، ބަދުއަހުލާގީ އަމަލުތަކުގެ މައްސަލަތައް ހައްލު ކުރުމަށް ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަކީ ދުވަސްވީ ގާނޫނުތަކެއް ނޫން ކަމަށެވެ.
އަދި އިޖުތިމާއީ ފޭރާން ވީދިގެން ދަނީ ގާނޫނު ނެތިގެން ނޫން ކަމަށާއި ގާނޫނު ތަންފީޒުނުވުމާއި ތަންފީޒު ކުރުމުގައި ތަފާތު ކުރުން ބޮޑުވުމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.


މަސާޖުޕާލާތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މަސާޖުޕާލާތައް ހިންގަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި މިކަމަށް ބާރުލިބެނީ އެކި އޮޕަރޭޝަންތަކުގައި މަސާޖުޕާލާގެ ނަމުގައި ހިންގާ މިފަދަ ތަންތަން ފުލުހުން ބަންދުކޮށްފައިވުމެވެ.
މިފަދަ ތަންތަނުން ހައްޔަރު ކުރަނީ ނިސްބަތުން ބިދޭސީން ނަމަވެސް އަޑީގައި ތިބެނީ ދިވެހިން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ