- Advertisement -ad image

ބޭރުމަގު ތާރުގަނޑު އަޑިން ހޮޅިއެއް ފަޅައިގެން ގޮސް ފެން ލީކުވަނީ: ސްޓެލްކޯ އާއި ސިޓީ ކައުންސިލް ކޯޅުމެއްގައި

ad image

ގުޅުންހުރި ލިޔުންތައް

ބޭރުމަގު ތާރުގަނޑު އަޑިން ހޮޅިއެއް ފަޅައިގެން ގޮސް ފެން ލީކުވަމުންދާއިރު ސްޓެލްކޯ އާއި ސިޓީ ކައުންސިލް އުޅެނީ ކޯޅުމެއްގައެވެ.
ސިޓީ ކައުންސިލުން ބުނީ ބޮޑުތަކުރުފާނުމަގުގެ ތާރުގަނޑު އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ފަޅައިގެންގޮސް މަގަށް ލޮނުފެން ލީކުވަމުންދާތީ މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި މިކަން ހައްލުކޮށްދިނުމަށް ސްޓެލްކޯ އަށް ވަނީ އެންގިފައި ކަމަށެވެ.
އަދި މާލެ ސިޓީ ކައުންސިލްގެ ސަމާލުކަމަށް މިކަން އައި ހިސާބުންފެށިގެން ކައުންސިލުން ދަނީ މިކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން ކަމަށާއި މިކަން ހައްލުކުރުމަށް ދެފަހަރެއްގެމަތިންސްޓެލްކޯއަށް ވަނީ އެންގިފައި ކަމަށެވެ.

ނަމަވެސް ސްޓެލްކޯއިން ބުނީ ބޮޑުތަކުރުފާނުމަގު އެކުންފުނީގެ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާކަން ފާހަގަ ކުރެވި، ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލި އިރު، އެ ފެނަކީ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއްލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް ފެންނާތީ އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދަ އަކަށް ސިޓީކައުންސިލްގައި ވަނީ އެދިފައި ކަމަށެވެ.
މިއަދާ ހަމަޔަށްވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީކައުންސިލުން މިކަން އަންގާފައިނުވާއިރު، އަދި މި ހުއްދަތައް އަވަސް ކުރުމަށް، މިކުންފުނިން ސިޓީކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާހަމަޔަށްވެސް އެ ފަރާތްތަކުން ފޯނު ނުނަންގަވާތީ އެހުއްދަތައް ލިބޭގޮތް ވަނީ ނުވެފައި ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.
އަދި މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް އެކުންފުނިން ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމަކަށްވުމާއެކު، މި މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީއެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގެންދަނީ ކުރަމުން ކަމަަސްވެސް ސްޓެލްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ