- Advertisement -ad image

މުފްތީ މެންކް ދަރުސް ދެއްވާނެ ހަތަރު ދާއިރާ އަކީ މިއީ!

ad image

ގުޅުންހުރި ލިޔުންތައް


މިމަހުގެ 28 އިން 31 އަށް މަޝްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދަރުސް ދެއްވާނެ ދާއިރާތައް މިނިސްޓްރީ އޮފް އިސްލާމިކް އިން ހާމަކޮށްފިއެވެ.
އެގޮތުން 28 ވާ ހުކުރު ދުވަހުގެ ރޭ މާލެ އަލިމަސް ކާނިވަލުގައި އޮންނަ ދަރުސްގެ މައުޟޫ އަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ.

އޮކްޓޫބަރު 29 ވާ ހޮނިހިރު ދުވަހުގެ ރޭ މުފްތީގެ ދަރުސް އޮންނާނީ ފުވައްމުލަކު ސިޓީގައެވެ. މި ދަރުސްގެ ބިނާ ކޮށްފައިވަނީ އިސްލާމް ކަމާ އޯގާތެރިކަމުގެ މައްޗަށެވެ


އައްޑޫ ސިޓީގައި ދަރުސްދެއްވާނީ 30 ވާ އާދިއްތަ ދުވަހުގެ ރެއެވެ. މި ދަރުސް އޮންނާނީ ސިޓީ ސްކޮޔާގައި އެރޭ 20:45 ގައެވެ. މި ދަރުސްގެ މައުޟޫއަކީ ‘ ޕްރޮޑަކްޓިވް މުސްލިމް ‘ އެވެ.

އަދި 31 ވާ ހޯމަ ދުވަހުގެ ރޭ އެންމެ ފަހުން މުފްތީގެ ދަރުސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.
އެ ރޭ ދަރުސް ދެއްވާނީ އާއިލާގެ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް މި މައުޟޫއަށެވެ. މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ އެ ރޭ 20:45 ގައެވެ.

މީގެ ކުރިންވެސް މުފުތީ މެންކް ވަނީ ރާއްޖެ ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައި ވާއިރު މި ދަތުރުފުޅަކީވެސް އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
އިސްމާއިލް އިބްން މޫސާ މެންކް ނުވަތަ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުވެސް ކުރައްވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ