- Advertisement -ad image

ބައެއް ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރަން ޒަކާތު ފަންޑުން ހާއްސަ ޕްރޮގްރާމެއް

ad image

ގުޅުންހުރި ލިޔުންތައް

“ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު” ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ވަކި އަދަދެއްގެ ބަޔަކަށް އެ ފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ޒަކާތު ނަފާ ޕްރޮގްރާމުގެ ނަމުގައި ފްރޮގުރާމެއް ތައާރަފްކޮށްފިއެވެ.
އެގޮތުން މިއީ އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައިދިނުމަށް ފަށާ ޕްރޮގްރާމެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ޕްރޮގްރާމް ހިންގުމުގައި އެކުގައި މަސައްކަތް ކުރުމަށް، އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް ޑިވެލޮޕްމަންޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.


“ޒަކާތު ނަފާ” ޕްރޮގްރާމަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ މިފަދަ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ 2021ވަނަ އަހަރުގެ ފަގީރުގެ ދަފްރަތުގައި ތިބި މީހުންނަށެވެ. ރާއްޖޭގެ ފަޤީރުންގެ ދަފްތަރުގައި 7763 މީހުން ހިމެނެއެވެ.
ނަފާ ޕްރޮގްރާމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު އަލީ ވިދާޅުވީ، ޕްރޮގްރާމް ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، އެ ރަށެއްގައި ފަގީރުގެ ގޭބިސީ 10އަށްވުރެ ދަށް ރަށްތަކެވެ. ފަގީރުގެ ގޭބިސީ 10އަށްވުރެ ދަށް 96 ރަށް ރާއްޖޭގައި އެބައޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނެއެވެ. އެއީ ފަގީރުންގެ އާބާދީ 1077އެވެ.

“މިއީ ރާއްޖެއިން ފަގީރުކަން ނައްތާލުމަށް ހިންގާ ޕްރޮގްރާމެއް. ހަމައެކަނި މާލީ އެހީއެއް ނޫން ދެނީ. ބޭނުންވާ ތަކެއްޗާ، ޓެރެއިނިން އާއި، އަދި ވިޔަފާރިތަކުން އުފައްދާ ތަކެތި ވިއްކޭނެ މަގުވެސް ފަހިކޮށްދޭނަން.” މިނިސްޓަރ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ