- Advertisement -ad image

“އެމް.އެން.ޔޫ ފަހި ފުރުޞަތު” ޖޮބް ފެސްޓިވަލް ލ ގަމުގައި ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

“އެމް.އެން.ޔޫ ފަހި ފުރުޞަތު” ޖޮބް ފެސްޓިވަލް ލ ގަމުގައި މިއަދު ފަށައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޖޮބްފެއަރ ހުޅުވައިދެއްވީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް އަލީއެވެ.

މި ފެސްޓިވަލްގައި އެ ސަރަހައްދުގެ 11 މުއައްސަސާއަކުންނާއި އަމިއްލަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން،
ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާ
ގަމު ކައުންސިލް އިދާރާ
ގަމު ރީޖަނަލް ހޮސްޕިޓަލް
އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ
މޯލްޑިވްސް ޕޮލިސް ސާރވިސް- ގަމު ޕޮލިސް ސްޓޭޝަން
ސިކް ސެންސަސް ލާމު
ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން
ބުލޫ ބުރިޖް އަދި ސާލިހާގެ ފަރާތުން ވަނީ ސްޓޯލް ބަހައްޓާފައެވެ.

މި މުއައްސަސާތަކުން އާންމުންނަށް ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭ މަޢުލޫމާތު މި ފެސްޓިވަލްގެ ސްޓޯލްތަކުން ލިބިގެންދާނެއެވެ.

މި ފެސްޓިވަލް ކުރިޔަށްދާނީ ނޮވެމްބަރު 9 އަދި 10 މި ދެދުވަހު 1600-2200 އަށް ލ.ގަމު ޔޫތު ސެންޓަރުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ