- Advertisement -ad image

ރާއްޖޭގައި އާއްމު އެއްވެސް ތަނެއްގައި އެހެންދީންތަކުގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ މަނާ ކަމެއް!

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ އެއްވެސް އާއްމުތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާއި ގުޅޭ އެހެން އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ބުނެފިއެވެ.
ދިވެހިރާއްޖޭގައި އެހެންދީންތަކުގެ ޝިއާރު ފާޅުކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ރާއްޖޭގައި މަސައްކަތްކުރުމަށާއި، ފަތުރުވެރިންގެ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއަށް ޒިޔާރަތްކުރަމުންދާއިރު އެފަދައިން އަންނަ ބިދޭސީންނަށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިރުޝާދު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާއިން ސާފުވާ ގޮތަށް ބިދޭސީންނަށް އިރުޝާދު ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރުތައް ފާޅޫކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި އެ މީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއް ކަމަށެވެ.
މިނިސްޓްރީން ފާހަގަކުރީ އެ މާއްދާއަށް ބަލާއިރު ރާއްޖޭގެ އެއްވެސް އާންމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމަކާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށެވެ.

އޭގެ އިތުރަށް ގެސްޓު ހައުސް ހިންގާ ފަރާތްތަކުގެ ކިނބައިން މިނިސްޓްރީން އެދިފައިވަނީ ދިވެހިރާއްޖޭގެ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިން، ގެސްޓު ހިންގުމާ ބެހޭ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިޖުތިމާއީ މިންގަނޑަށް ފެތޭ ހެދުމެއް އެޅުމަށް އިރުޝާދު ދޭންވާނެ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން ރާއްޖެއަށް މީހުން ގެންނައިރު އެ މީހުންނަށް މި މައުލޫމާތު ފޯރުކޮށްދީ، ސާފުކޮށްދީ، އިރުޝާދު ދިނުމަށް ހަނދާންކޮށްދޭ ކަމަށާއި، ސިޓީ ކައުންސިލުތަކާއި ރަށު ކައުްނސިލުތަކާއި އަތޮޅު ކައުންސިލުތަކުން މިކަމަށް ޚާއްޞާ ސަމާލުކަން ދިނުމަށާއި މި ބާވަތުގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން އިރުޝާދުދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ