- Advertisement -ad image

އެހެންމީހުންގެ ކުށްތަކާއި އައިބުތައް ކަޝްފުކުރުން ވަނީ ދީނުގައި މަނާކުރައްވާފައި: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


އެއްވެސް ހައްގަކާނުލާ ތިމާގެ މުސްލިމު އަހާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގާނުލުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ ‘ އަމިއްލަ ނަފުސް އިސްލާހު ކުރަން އިސްކަންދޭށެ ‘ މިއެވެ.
ހުތުބާގައި ބުނެފައި ވަނީ އެހެންމީހުންގެ ކުށްތަކާއި، އައިބުތަކާ، އުނިސިފަތައް ހޯދާ ކަޝްފުކުރުން ވަނީ މަނާކުރައްވާފައި ކަމަށެވެ. ސަބަބަކީ އެއީ އިންސާނާގެ ދުނިޔެ އާއި އާހިރަތް ފަސާދަކުރާ ބަލިމަޑު ކަމަކަށް ވުމެވެ.
އެހެނީ މިފަދަ މީހުންނަށް ތިމާމެންގެ އުނި ސިފަތަކެއް ނުފެނެއެވެ. އަބަދުމެ ފެންނަނީ އަނެކުންގެ އުނިސިފަތަކެވެ ‘ ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.
މިއަދުގެ ހާލަތަށް ބަލާއިރު ބައެއް މީހުންގެ މަސައްކަތަކީ އަބަދުމެ، މީސްތަކުންގެ އުނި ސިފަތައް ހޯދައި ސޯޝަލްމީޑިއާގައި އެކަންކަން ހާމަކުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ބައެއް ފަހަރަށް އެމީހުން މީސްތަކުންނަށް މަލާމާތް ކުރަނީ މީހުންގެ ހާލަތާއި ސިފައާ ބެހޭގޮތުންނެވެ. އަނެއްބައި ފަހަރަށް މަލާމާތްކޮށް ނެތިމޮށެނީ މީހުންގެ ހަސަބާއި ނަސަބާއި ބެހޭގޮތުންނެވެ. އެފަދަ މީހުން ދެކޭގޮތުގައި އެމީހުންނަކީ އެއްވެސް އުނިސިފައެއް ނެތް ފުރިހަމަ ބައެކެވެ. އެހެން މީހުންނަކީ އުނިބައެކެވެ’ ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައިވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި އަމަލުން ކުރާ އަނިޔާއާއި، ބަހުންކުރާ އަނިޔާއާއި، ނަފުސީގޮތުން ކުރާ އަނިޔާވާ ކަމަށެވެ.
އަމަލުންކުރާ އަނިޔާގެ ތެރޭގައި މީހުންގެ ނަފްސަށާއި އަބުރަށާއި މުދަލަށާއި، އަދި އެމީހުންގެ ހައްގުތަކަށް އަރައިގަތުންވާއިރު މީހުންނަށް ފުރައްސާރަ ކުރުމަކީ އެމީހުންގެ ނަފުސަށް ދެވޭ އަނިޔާއެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ