- Advertisement -ad image

އިނގިރޭސިވިލާތުގެ ރައްޔިތަކު ރާއްޖޭގައި އިސްލާމްދީން ގަބޫލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިނގިރޭސިވިލާތުގެ ރައްޔިތަކު ރާއްޖޭގައި އިސްލާމްދީން ގަބޫލުކޮށްފިއެވެ.
އިސްލާމްދީން ގަބޫލުކޮށްފައިވަނީ އިނގިރޭސިވިލާތަށް އުފަން ރޮބާޓް ކަލެބް ސްޓްރޭން ނަމަކަށް ކިޔާ ޒުވާނެކެވެ.

އުމުރުން 25 އަހަރުގެ ރޮބާޓް އިސްލާމްދީން ގަބޫލުކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާއާއި ސެޓްފިކެޓެއް ހަވާލުކޮށްފައެވެ. އެ ސެޓްފިކެޓުގައިވާގޮތުން ރޮބާޓް އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އިސްލާމްވި ޒުވާނާއާ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.
މި ޒުވާނާ އިސްލާމްވުމަށް ފަހު ނަން ބަދަލުކޮށްފައިވަނީ އުމަރު އަށެވެ.
އިސްލާމިކް މިނިސްޓްރީންދީފައިވާ ސެޓްފިކެޓްގައިވާ ގޮތުން އުމަރު ވަނީ އިސްލާމް ދީން ގަބޫލުކޮށް، އިސްލާމްވުމުގެ ގޮތުން ޝަހާދަތް ކިޔާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ