- Advertisement -ad image

މުސްއަބަށް ފައިސާ ދޭން ކުރި ހުކުމް ފަސްކުރުމަށް ސްޕްރީމް ކޯޓުން އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ދޭން ހައި ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމު ކޯޓުން އަމުރު ނެރެފިއެވެ.

ހައިކޯޓުން ކުރި ހުކުމާ އެއް ގޮތަށް މުސްއަބަށް ދޭން ޖެހޭ ފައިސާ ނުދީގެން އޭނާ ސިވިލް ކޯޓަށް ހުށަހެޅުމުން ހައިކޯޓުގެ ހުކުމާ އެއް ގޮތަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ސިވިލް ސާރވިސް ކޮމިޝަނުން އަމަލުކޮށްފައެއް ނުވެއެވެ. އަދި ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދި ހައިކޯޓަށް ސިވިލް ސާވިސް ކޮމިޝަނުންވަނީ ހުށަހަޅާފައެވެ.

މިކަމާ ގުޅިގެން މިއަދު ސުޕްރީމު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރުން ފަސްކުރަން ކަނޑައަޅާފައިވަނީ އެ މައްސަލައަކީ ސުޕްރީމު ކޯޓަށް ހުށަހެޅި ކުރިއަށް ދާ މައްސަލައަކަށް ވެފައި އެ މައްސަލައިގައި ސުޕްރީމު ކޯޓުން ގޮތެއް ނިންމާ ހުކުމް ކުރާ އިރު ސިވިލް ސާވިސް ކޮމިޝަންއާ އެއްކޮޅަށް މައްސަލަ ނިމިއްޖެ ނަމަ އިންސާފު ގާއިމުމ ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމަކަށް ވުމުން ކަމަށެވެ.

އެހެންކަމުން ސުޕްރީމު ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ހައިކޯޓުގެ ގައްޒިއްޔާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައިވެއެވެ.

މުސްއަބު 2019 ވަނަ އަހަރު ވަކިކުރި މައްސަލާގައި ބަދަލަށް 1.1 މިލިއަން ދޭން ހައި ކޯޓުން ހުކުމް ކުރިޔަސް، އެ ފައިސާ ސީއެސްސީން ނުދައްކަ އެވެ. އެހެންވެ، ސިވިލް ކޯޓުން އަމުރުކުރީ ދެ ދުވަސް ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ