- Advertisement -ad image

ހިޔާ ސަރަހައްދުގައި ގާއިމްކުރާ ޕޮކެޓް ޕާކުތައް 20 ދުވަސްތެރޭގައި ނިންމާލެވޭނެ- އެޗްޑީސީ

ad image

ގުޅުންހުރި ލިޔުންތައް

ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުގެ ތަރައްގީކުރާ ޕޮކެޓް ޕާކުތަކުގެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

އެޗްޑީސީއިން ބުނިގޮތުގައި ހިޔާ ފްލެޓްތައް ދޭތެރޭގައި އޮންނަ ހުސްބިން ތަކުގައި މި ޕާކުތައް އަޅަން ފަށާފައިމިވަނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި އެއްގޮތަށެވެ. ޕޮކެޓް ޕާކުތަކުގެ އިތުރުން. އެޗްޑީސީއިން ދަނީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ހިޔާ ސަރަހައްދުގެ ބީޗުގަޔާއި އެކި ސަރަހައްދުތަކުގައި ރޭމްޕްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ބޮޑުބައެެއް ވަނީ ނިމިފަ އެވެ.

އެޗްޑީސީއިން ދާދިފަހުން ވަނީ ހެދިކާ ފަދަ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ގާއިމު ކުރާ ކިއޮސްކްތައް ބެހެއްޓުމުގެ މަސައްކަތް ފަށައި، ކިއޮސްކްތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. ހަމައެހެންމެ ޓަވަރުތަކުގެ ގްރައުންޑް ފްލޯއިން ކޮމާރޝަލް ބޭނުންތަކަށްވެސް ދޫކުރަމުން ދާކަމާށް އެޗްޑީސީއިން ބުނެއެވެ.

މީގެއިތުރުން ހިޔާ ސަރަހައްދުގައި އާންމުނަށް މައުލޫމާތު ދިނުމަށް އެ ކޯޕަރޭޝަނުގެ ސްމާޓްކޮމް ބަރޭންޑުން ދަނީ ޑިޖިޓަލް ބޯޑުތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ