- Advertisement -ad image

ކުރީގެ ރައީސް ޔާމީންގެ ގޮކޮޅުގައިވެސް އިންޑިއާ އައުޓް ބެނާ ދަމައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ތިބި ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުންދާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ ކެމްޕެއިންގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައިވެސް “އިންޑިއާ އައުޓް” ބެނާ އެއް ދަމައިފިއެވެ.

އެގޮތުން އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން މިހާރު ވަނީ މާލޭގެ ބައެއް އެހެން ބޮޑެތި އިމާރާތްތަކުގައިވެސް ބެނާ ހަރުކުރަން ފަށާފައެވެ. އެ ގޮތުން ޕީޕީއެމްގެ ރަސްމީ އޮފީސް ހިންގާ ހ. ހުރަފާ އިމާރާތުގެ އިތުރުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީ ގައި ވަނީ މީގެ ބޮޑެތި ބެނާއެއް ދަމާފަ އެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ހަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މާލޭގެ އެކި އިމާރާތްތަކުގައި ބެނާތައް ހަރުކުރުން ދެން ކުރިއަށް ގެންދާނެ ކަމަށެވެ. މިހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އެވެ.

ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އެކި ހަފުލާތަކުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މި ކެމްޕެއިން ފުޅާކުރުމުގެ ކުރުން އަތޮޅުތެރެއަށް ވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވަމުން ގެންދެއެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ