- Advertisement -ad image

އިއުލާންނުކޮށް ސްޓެލްކޯގެ އިންޖީނުގެތަކަށް މީހުން ވެއްދުމުގައި ހަމައެއްލަމައެއް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

އިއުލާނުކުރުމަކާ ނުލާ ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތަކަށް މީހުން ވައްދަމުންދާކަން ހާމަވެއްޖެއެވެ.
އެގޮތުން މިކަން އެންމެ ބޮޑަށް ހިނގަމުން އަންނަނީ ސްޓެލްކޯގެ އެމްޑީ ޝަރީފުގެ އެންގުމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށްކަން ވަނީ އެނގިފައެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށްވެސް ގިނަ ބަޔަކު ވަނީ ކުރިން އިއުލާން ކުރުމެއް ނެތި އެކި ވަޒީފާތަކަށް ނަގާފައެވެ.

އެގޮތުން ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު ކ.ގާފަރުން ފަސް މީހަކަށް އަދި ކ.ދިއްފުށިން 6 މީހަކު އަދި ހިންމަފުށިން 6 މީހަކާއި ތުލުސްދޫން 8 މީހުން އަދި ކ.މާފުށިން 15 މީހަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އަލަށް ވަޒީފާއަށް ނަގާފައިވެއެވެ.

އަދި ހަމަ މިއާއެކު މިދުވަސްވަރަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދުވަސްވަރު ކަމުން މިހާރުވެސް ވަނީ ގިނަ ވަޒީފާތަކަކަށް މީހުން ނަގަން ތައްޔާރުކޮށްފައެވެ.
ވަޒީފާތަކަށް ނަގަމުންދަނީ އެމްޑީޕީއާއި ގުޅުން އޮންނަ ޕާޓީގެ ކޮންމެވެސް މީހެއްގެ ގާތްތިމާގެ ނުވަތަ ރަހުމަތްތެރިންކަން ވެސް ވަނީ އެނގިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ