- Advertisement -ad image

ހައްޖަށްދާން މިއަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއެްޖެއަށް ލިބުނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިޔާއިން ހާމަކޮށްފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ބަންދުކޮށްފައި އޮތުމަށްފަހު މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ރާއްޖެއަށްވެސް ފުރުސަތު ލިބުނު އިރު މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ލިބޭނެ ކޯޓާގެ އަދަދު މަދުވާނެކަން ހާމަކޮށްފައެވެ. މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ އަދަދަކީ 1 މިލިއަން މީހުން ކަމަށް ސައުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ

މީގެ ކުރިން 2.5 މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީން ފުރުސަތުދީފައިވެއެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް19 އަށް ގައުމުަތއް ބަންދު ކުރުމާއި ގުޅިގެން އެއަހަރު ހައްޖުގެ އަޅުކަން އަދާ ކުރަން ފުރުސަތުދިނީ ސައުދީ އަރަބިއްޔާގައި ތިބި 1000 މީހުންނަށެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރަސްމީ ސިފައެއްގައި އަދި ރާއްޖެއަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދު އަދި ސައުދީ ސަރުކާރުން އަންގާފައި ނުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ