ހައްޖު ދުވަހާއި އަޟްހާ އީދަށް މާލޭގެ މަގުތައް ކުލަބޮކިތަކާއި ގިޑިގެ ތަކުން ޒީނަތްތެރިކޮށް ދިއްލައިލާފިއެވެ. ބޮޑު އީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ވަނީ ދިއްލާލާފައެވެ.