ދަ މެރީނާ ކްރޮސް ރޯޑްސް އަކީ ތަފާތު ކޮންސެޕްޓަކަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް ރަށްތަކެކެވެ. ދިވެހިންނަށް އަމިއްލަ ފަސްގަނޑުގައި ތިބެ ހިތްގައިމު އެތައް ރަހައެއް ހިމަނައިގެން ހެޔޮއަގެއްގައި އާއިލާ އާ އެކުގޮސް ވަގުތު ހޭދަކޮށްލުމަށް މާލޭ ކައިރީގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.