ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފިއެވެ. އޯލެވެލް އިމްތިހާނު ކުރިއަށްދާތީ މާލެ ސަރަހައްދުގެ ބައެއް ސުކޫލްތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހެވެ.
މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފައިވަނީ ދަރުމަވަންތަ ސްކޫލްގައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްކަންދަރު ސްކޫލްގައި ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ވަނީ ހާއްސަ ދުއާއެއްވެސް ކޮށްފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ އަތޮޅު ތައުލީމީ މަރުކަޒާއި ފޮނަދޫގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ވަނީ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވާފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަރަފާ ޕްރީ ސްކޫލްގެ ދަރިވަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސުކޫލްގައިވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮަސްފައެވެ. މީގެ ތެރޭގައި ޓީޗަރުންގެ މަޖާ އައިޓަމްތަކުގެ އިތުރުން ކްލާސް ޕާޓީވެސް ހިމެނެއެވެ.
ދާންދޫ ސުކޫލްގައިވެސް ވަނީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކުދިން ވަނީ ދުވަހަށް ހާއްސަ ކޭކެއްވެސް ފަޅާފައެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް އިން ވަނީ ފެނާ ކުޅުމުގެ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ.
ހުރަވީ ސްކޫލްގައިވެސް ވަނީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކްލާސް ޕާޓީ ބާއްވާފައެވެ. އަދި ފެން ކުޅުމުގެ ގިނަ ހަރަކާތްތަކެއްވެސް ހަތަރު ސެޝަން އަކަށް ބަހާލައިގެން ހުރަވީ ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.