ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް، ސޯޝަލް ސާރވިސް އާއި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ގެވެށި ގުޅުން ފެމިލީ ފެސްޓިވަލް މިއަދު ބާއްވައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާރކްގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި ސަރުކާރުގެ ގިނަ އިދާރާތަކެއްގެ ސްޓޯލްތަކުގެ އިތުރުން ޖަމިއްޔާތަކުގެ ސްޓޯލްތައްވެސް ހުއްޓެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ މިހަވީރަށް ޒިޔާރަތްކޮށް ކުޅިވަރުތަކުގައި ބައިވެރިވެފައެވެ.