މާންދޫ ރުއްދަނޑު. ލ އަތޮޅު ގުޅިފައިވާ ގަން ފޮނަދޫގައި ދިރިއުޅޭ ރައްޔިތުންގެ ވެސް އެންމެ ފޭވަރިޓް ފޮޓޯ ސްޕޮޓް އަކީ މާންދޫ ރުއްގަނޑޭ ބުނެވިދާނެ. ގުދުރަތީ އަޖައިބުކަން ފެންނަ މި ރުއްދަނޑަކީ ވެޑިން ޝޫޓްތަކުގެ އިތުރުން ކަޕުލް ޝޫޓުތައްވެސް ގިނަ ބަޔަކު ނަގަމުން އަންނަ ހިތްގައިމު ތަނެއް.
މިއީ ރާއްޖޭގައި މިހާ ތަރުތީބު ހައްދާފައިވާ އެންމެ ބޮޑު ރުއްގަނޑެވެ. މާލޭޝިއާގެ މުޑުވަށް ބޭނުންކޮށްގެން މީގެ 25 އަހަރު ކުރިން އާލާކޮށްފައިވާ މި ރުއްގަނޑު އުފެއްދުމުގެ ބާނީ އަކީ ކުރީގެ އެޓޯލްސް މިނިސްޓަރު އިލްޔާސް އިބްރާހިމެވެ،





