- Advertisement -ad image

އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭ: ޑރ. ޢަބްދުއްސައްތާރު

ad image

ގުޅުންހުރި ލިޔުންތައް


މަރަކީ ކަނޑައެޅިފައިވާ ކަމެއްކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.

” މަރާއި މަރުހިއްޕެވުން ” މި މައުޟޫޢަށް އާދިއްތަ ދުވަހުގެ ރޭ އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެކަމަށެވެ.

އިންސާނުން ދުނިޔެއަށް އަންނަ ގޮތަށް ބައްލަވައި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ. އިންސާނާ މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެކަމަށާއި އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކުކަމަށް ވިދާޅުވިއެވެ.

މަރުވާ ހިނދު އިންސާނާ ތަޙައްމަލްކުރަންޖެހޭ ތަކުލީފުތަކަށް ބައްލަވަމުން ދަރަންޏަކީ އިންސާނާއަށް ސުވަރުގެ ނުވަދެވޭ ސަބަބެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާގޮތަށް ޢަމަލުތައްކުރުމަށް ޑރ ޢަބްދުއްސައްތާރު ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން މި ފޯރަމްގައި އައްޝައިޚް ފައްޔާޒް އަލީމަނިކު ވަނީ މަރަކީ އެކަމާމެދު ވިސްނިއަސް އަދި ނުވިސްނިއަސް އަޅުގަނޑުމެންނާ ކުރިމަތިވާނެކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރުވާނެކަމާމެދު އެއްވެސް ބަޔަކު ދެބަސް ނުވާކަމަށާއި ދެބަސްވަނީ މަރުވުމަށްފަހު ވާނީ ކިހިނެއްކަމާ މެދުގައި ކަމަށެވެ.

އެގޮތުން މަރުވާއިރު އިންސާނާއަށް ކަންކަން ކުރިމަތިވާގޮތާއި މަރުވުމަށްފަހު ދިމާވާ ކަންކަމަށް ވަރަށް ތަފްސީލުކޮށް ޤުރުއާނާއި ޙަދީޘުން މިސާލު ނަންގަވައި މި ފޯރަމްގައި ކިޔައިދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ