- Advertisement -ad image

ބައެއް ފާފަތަކަށް ދުނިޔެ މަތީގައިވެސް އަޒާބު އާދޭ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ބައެއް ފާފަތަކަށް ދުނިޔެ މަތީގައިވެސް އަޒާބު އަންނަ ކަމަށާއި ފާފައިގެ ސަބަބުން އަމަން އަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު ހުތުބާގެ މައުޟޫއަކީ ފާފައިގެ އަސަރު މިއެވެ.
ހުތުބާގައި ބުނީ މާތްالله އަށް އުރެދުމަށް ކުރާ ކޮންމެ ކަމަކީ ފާފައެއް ކަމަށެވެ. އަދި ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެކެވެ.
“ ޝައިތާނާ މާތްالله ގެ ރަހުމަތުން ބޭރުކުރެވި ލައުނަތް ލެއްވުނީ ފާފައިގެ ސަބަބުންނެވެ. އާދު ބާގައިގެ މީހުންނާއި ސަމޫދު ބާގައިގެ މީހުންނާއި ޝުއައިބުފާނުގެ ގައުމުގެ މީހުން ހަލާކު ކުރެއްވީ ފާފައިގެ ސަބަބުންނެ “ ހުތުބާ

އަހަރެމެންގެ ތެރެއިން ބައެއްމީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާ އެމީހުން ދުނަޔަވީ މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި ފާފައަކީ އޭގެ ސަބަބުން މާތް الله ގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާ، އެއީ އިއްޒަތްތެރިން ނިކަމެތި ކޮށްލައި، އޭގެ ނުބައި އަސަރު ރަށްތަކަށާއި އަޅުތަކުންނަށް ފޯރާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މީގެ އިތުރުން ފާފައަކީ ރިޒުގުގެ ދޮރުތައް ބަންދުވާ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ