Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަވަދިނެތި މަސައްކަތުގައި އުޅުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން: ޚުޠުބާ

ad image

ގުޅުންހުރި ލިޔުންތައް

މިއަދުގެ ހުކުރު ޚުޠުބާގައި ނަމާދަށް އިހުމާލުވުމުގެ ނުރައްކާތެރިކަން ހާމަކޮށް ދިވެހިން ނަމާދަށް އިތުރަށް ފަރުވާތެރިވުމަށް ގޮވާލައިފިއެވެ.

އަވަދިނެތި މަސައްކަތުގައި އުޅުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫންކަމަށް ބަޔާންކުރެވުނު މި ޚުޠުބާގައި، މުސްލިމުންގެ ދިރިއުޅުމުގައި ނަމާދުގެ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެކެވެ. ރަށުގައި ޤާއިމުވެހުރި މީހާއާއި ދަތުރުވެރިޔާއާއި ބަލިމީހާ ވެސް ކުރަން އަންގަވާފައިވާ އަޅުކަމެއްގެ ގޮތުގައި ނަމާދު ފާހަގަކުރެވުނެވެ. އަދި ހަމައެކަނި ބުއްދި ފިލައިގެން ދިޔުމަކީ ނަމާދު ނުކުރެވޭނެ އެންމެ ޙާލަތުކަމަށް ބަޔާންކުރެވުނެވެ.

ޚުޠުބާގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައި ވަނީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާ މެދުގައިކަމެވެ. މިކަން ސާބިތުކޮށްދިނުމަށް ރަސޫލާގެ ޙަދީޘްފުޅެއް ވަނީ ގެނެސްދީފައެވެ.

“ރަސޫލާ ޙަދީޘް ކުރައްވައިފައި ވެއެވެ.

“ހަމަކަށަވަރުން، ޤިޔާމަތްދުވަހުން އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، (އެބަހީ: އޭނާ ފުރިހަމަގޮތުގައި ރަނގަޅަށް ނަމާދުކޮށްފައިވާ ނަމަ) ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވެއްޖެއެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވެއްޖެއެވެ.”

ޚުޠުބާގައި އިތުރަށް ވަނީ ގިނަ މީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވެ ނަމާދާ މެދު ޣާފިލުވެތިބޭ މަންޒަރު ފެނުމަކީ މިހާރުގެ މުޖުތަމަޢުގައި ފެންނަމުންދާ ކަންބޮޑުވާންޖެހޭ ޙާލަތެއް ކަމަށް ބުނެފައެވެ. ނަމަވެސް މަސައްކަތުގައި އަވަދިނެތި އުޅުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫންކަމަށް ޚުޠުބާގައި ވަނީ ހަރުކަށި ޢިބާރާތުން ބަޔާންކޮށްފައެވެ. އަދި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ކުރާ މަސައްކަތްތަކުގައި އުޅުނު ނަމަވެސް، ނަމާދު ވަގުތު ޖެހުމުން އެ ނަމާދު ކުރުމަށް އަވަސްވެގަތުމަށް ގޮވާލާފައިވެއެވެ.

ޚުޠުބާގައި ފާހަގަކުރެވުނު އަނެއް މުހިންމު ނުކުތާއަކީ ދިވެހިރާއްޖޭގައި މިސްކިތްތައް ގިނަ ނަމަވެސް، ނަމާދަށް އަރާ މީހުންގެ އަދަދު މަދުވަމުންދާކަމެވެ. ޚާއްޞަކޮށް ޒުވާނުންނާއި ފުރާވަރުގެ ކުދިން މިސްކިތްތަކުން ފެންނަ އަދަދު މަދުވަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ. އަދި ރީތި މިސްކިތްތައް އިމާރާތްކުރުމަށްވުރެ މުހިންމީ އެ މިސްކިތްތަކުގައި ނަމާދުކުރާނެ މީހުން ގިނަވުންކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ނަމާދުގެ މުހިންމުކަން އިތުރަށް ބަޔާންކޮށްދިނުމަށް، ނަމާދުގެ ފައިދާތަކާ ބެހޭގޮތުން ވެސް ވާހަކަދެކެވުނެވެ. ނަމާދުގެ ސަބަބުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިވެވޭކަމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، ﷲ އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން ފަދަ ސިފަތައް އަށަގެންނެވޭކަން ބަޔާންކުރިއެވެ.

އަދި ހަމައެހެންމެ، ނަމާދު ނުކުރާ މީހުންނާ މެދު އިސްލާމްދީނުގައި އޮތް ހުކުމާ ބެހޭގޮތުން ވެސް ޚުޠުބާގައި ވާހަކަދެކެވުނެވެ. މިގޮތުން، ނަމާދު އެޅުމަކީ އަޅާއާއި ޝިރުކާއި ކުފުރާ ދެމެދުގައިވާ އިމުކަން ބަޔާންކޮށްދޭ ޙަދީޘްފުޅެއް ގެނެސްދީފައިވެއެވެ.

“ނަމާދުއަޅާ މީހާއާ މެދު އިންޒާރުކުރައްވައި އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. “ހަމަކަށަވަރުން، އަޅާއާ ޝަރީކުކުރުމާއި ކާފިރުކަމާ ދެމެދުގައިވާ އިމަކީ، ނަމާދުއެޅުމެވެ.” 

ޚުޠުބާގެ ނިމުމުގައި، ހުކުރު ނަމާދަށް ދެވޭ ސަމާލުކަން ފަދައިން ފަރުޟު ފަސް ނަމާދަށް ވެސް ސަމާލުކަން ދިނުމަށް ގޮވާލާފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން ނަމާދަށް ފަރުވާތެރިވާ މަންޒަރަކީ ނުހަނު އުފާވެރިކަން ހިތަށް ގެނުވާ މަންޒަރެއްކަން ފާހަގަކޮށް،ޒުވާނުންނާއި ފުރާވަރުގެ ކުދިން މިސްކިތްތަކުން ފެންނަ ޢަދަދު މަދުވުމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ