Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރޫޙާނީ ދުޅަހެޔޮކަމާއި ރޯދަ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: ޑރ. އާމިނަތު ޙުސައިން

ރޫޙާނީ ދުޅަހެޔޮކަމޭ ބުނުމުން އަހަރުމެނަށް އެބަސް ތަސައްވުރު ކުރެވުނީކިހިނެއްތޯއެވެ؟ ތިބާގެ އަމިއްލަ ނަފްސުގެ ރޫޙާނީ ދުޅަހެޔޮކަން ހުރީ ކިހާ ހިސާބެއްގައި ތޯއެވެ؟ އަމިއްލަށް މިކަމާދޭތެރޭ ވިސްނާލަން އެންމެ މުނާސަބު ދުވަސްވަރަކީ މިއީ ނޫން ތޯއެވެ. ރަމަޟާން މަހަކީ މީހާގެ ނަފުސާއި ރޫޙު ތާޒާ ކޮއްލުމުގެ މައްސަރެވެ. މިގޮތުން އަޅުގަނޑު މިލިޔުމުގައި މި ބަލައިލަނީ ޞިއްޙީ ނަޒަރަކުން ރޫޙާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާމެދުއެވެ.

ޞިއްޙަތަކީ އޭގައި އެތައް ވައްތަރުތަކެއް އެކުލެވިގެންވާ އެއްޗެއްކަމަށްވާއިރު، ރޫޙާނީ ޞިއްޙަތު ނުވަތަ ރޫޙާނީ ދުޅަހެޔޮކަމަކީ ފުރިހަމަ ޞިއްޙަތެއްގާ އިންސާނާ ހުރުމަށްޓަކައިބޭނުންވާ ޞިއްޙަތުގެ ވައްތަރުތަކުގެ ތެރެއިން އެއްވައްތަރެވެ. ޞިއްޙީގޮތުން ރޫޙާނީ ދުޅަހެޔޮކަމަކީ އޯގާތެރިކަން ހުރުމާއި، ލޯބިވުމާއި، މަޢާފުކުރުމުގެ ގާބިލުކަން ހުރުމާއި، އަމިއްލަ އެދުމެއްނެތި އަނެކުންނަށް އެހީވުމާއި، އުފާވެރިކަމާއި، މިންވަރަށް ފުދިގެން ވުމެވެ. ދީނީ ޢަޤީދާއާއި، ގިޔަމުތަކާއި، އަޚުލާޤީ މީޔާރުތަކާއި، ގަބޫލުކުރުންތަކާއި، ގަވާއިދުތަކާއި އަދި ހެވާއި ނުބައި ވަކިކުރަން އެނގުމަކީ ތިބާގެ ރޫޙާނިއްޔަތު ދައްކުވައިދޭ ކަންކަމެވެ. އަދި މިއާއެކު އަމިއްލަ ނަފުސައް އިތުބާރުކުރުމާއި، ތިމާގެ ޖަޒުބާތުތަކުގެ ލަގަން އަތުން ދޫވެގެން ނުދިއުމަކީ ރޫޙާނީ ޞިއްޙަތު ދުޅަހެޔޮކަންމަތީ ހުރިކަމުގެ ރަނގަޅު ފާލެކެވެ.

ރޫޙާނީ ދުޅަހެޔޮކަން ލިބިގެންވާމީހެއްކަން ދެނެގަތުމުގައި ބަލައި އުޅޭކަންތައްތަކެއްވެއެވެ. މިކަން އެންމެ ފަސޭހައިން ވަޒަން ކޮއްލެވޭނީ އަމިއްލައަށް އަމިއްލަމީހާގެ ނަފުސުގެ ހިސާބު ހަދާލައިގެންނެވެ. ތިމާގެ އުޅުމާއި ގުޅުންތައް ރަނގަޅުކޮއްލެވޭނީ ހަމަހަމަ މީޒާނަކުން އަމިއްލަ ނަފުސައް އިންސާފު ކޮއްލެވިގެންނެވެ. މިގޮތުން އަމިއްލަ ނަފުސު ވަޒަންކުރުމުގެ ގޮތުން ނަފުސާ ކޮށްލެވިދާނެ ސުވާލުތަކެއް ހިމަނާލަމެވެ. ކޮންމެ ސުވާލެއްވެސް ކިޔުމަށްފަހު އޭގެ ޖަވާބު ހިތާހިތަށް ދެމުންގެންދާށެވެ.

ތިބާޔަށް ތިބާގެ ޙަޔާތުގެ މަގުސަދު އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

ތިބާގެ ޙަޔާތުގެ މިސްރާބު މިހާރު ހުރިގޮތް އެނގޭ ހެއްޔެވެ؟ މިހާރު މިސްރާބު ހުރީ ހަމަ އެންމެ ރަނގަޅައް ތޯއެވެ؟

ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުން ޙަޔާތް ބާއްޖަވެރިކުރަން ކުރެވިދާނެ ކަންތައްތައް ތިބާއަށް އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

އަމިއްލަ މީހާގެ ކިބައިގައިވާ ފައްސި ނުވަތަ ރަނގަޅު ކަންކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

 އަމިއްލަ މީހާގެ ކިބައިގައިވާ ނުރަނގަޅު ސިފަތަކަކީ އަދި ބަލިފަޔަކީ ކޮން ކޮން ކަންތައްތަކެއްކަން އެނގޭ ހެއްޔެވެ؟

ނުރަނގަޅު އާދަތައް ރަނގަޅު ކުރަން އަދި އުނިސިފަތަކާއި އެހެންވެސް ރަނގަޅު ކުރެވިދާނެ ކަން ކަން ރަނގަޅު ކުރަން ހަދަންވީ ގޮތް އެނގޭ ހެއްޔެވެ؟ 

 އަމިއްލަ ނަފުސު އަމިއްލައަށް އެނގޭ ހެއްޔެވެ؟ އެނގޭނަމަ އެގެނީ ކިހާވަރަކަށް ހެއްޔެވެ؟ އަމިއްލަ ނަފުސާމެދު ހިތްހަމަ ޖެހޭ ހެއްޔެވެ؟ ހެއްދެވި ފަރާތާއި ތިބާޔާ އޮތް ގުޅުން ރަނގަޅު ހެއްޔެވެ؟ ތިބާގެ ވެއްޓާއި، ތިބާގެ ޢާއިލާއާއި، ރައްޓެހިނާއި،އަވައްޓެރިންނާ އަދި މުޖުތަމަޢާ ތިބާޔާ ދޭތެރޭ އޮތީ ފައްސި ގުޅުމެއް ހެއްޔެވެ؟ ތިބާގެ ހިތުގެ ހަމަޖެހުން ތިބާއާއެކު ވޭހެއްޔެވެ؟

ތިބާގެ ޙަޔާތުގައި ޙާޞިލް ކުރަންބޭނުންވާ ލަނޑުދަނޑިތަކަކީ ކޮބައިހެއްޔެވެ؟ ތިބާ އެލަނޑުދަނޑިތަކަށް ވާޞިލުވާން ކުރަން ޖެހޭ ކަންކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ 

ސުވާލުތަކުގެ ޖާވާބުތަކާމެދު ހިތްހަމަޖެހޭތޯއެވެ؟ އެހެންނަމަ ފަށްފަށުން މަރުހަބާއެވެ.ތިބާ ތިޔަ ހުރީ ރޫޙާނީ ދުޅަހެޔޮކަންމަތީއެވެ. ޖަވާބުތަކާމެދު އެންމެ ހިތްހަމަޖެހޭވަރު ނުވާނަމަވެސް ހާސްފަށުން މަރުހަބާއެވެ. މިއަދު ތިބާ ތިޔަ ނެގީ ރޫޙާނީ ޞިއްޙަތު ރަނގަޅުކުރުމުގެ ފުރަތަމަ ފިޔަވަޅެވެ. ތިމާގެ އާދަތަކާއި ވިސްނުން އެންމެ ރަނގަޅުގޮތަށް ބަދަލުކޮށް، އެގޮތުގައި ސާބިތުވެ ހުރުމަކީ ނުހަނު އުނދަގޫ އެހެން ނަމަވެސް ނަފުސު ތަމްރީނުކުރަންޖެހޭ ކަމެކެވެ. އަބަދާއި އަބަދު އެގޮތުގައި ސާބިތުވެ ހުރުމަށްޓަކައި ތިބާކުރަން ޖެހޭނީ ނަފުސުގެ ޖިހާދެކެވެ. ހިތާއި، ސިކުނޑިއާއި އަދި ހަށިގަނޑު ތިބާގެ ބާރުގެ ދަށުން ބޮއްސުންލައިފި ކަމުގައިވާނަމަ ރޫޙާނީ ދުޅަހެޔޮކަން ގެއްލޭނެއެވެ.

ރަމަޟާންމަހު ހިފާ ރޯދައަކީ މުޅި ހަށިގަނޑު ޝާމިލްކޮށްގެން ވަކިގޮތަކަށް އަދާ ކުރާ އަޅުކަމަކަށް ވީހިނދު އަދި ރޯދަވެރިޔާގެ ޢަމަލުތައް ބަހައްޓަންއަންގަވާފައިވާ ގޮތްތަކަކީ ރޫޙާނީ ދުޅަހެޔޮކަން ލިބިގަތުމަށް އޮތް އެންމެފަސޭހަ ގޮތްކަމަށް ވާއިރު، މިމަހަކީ ތިބާގެ ޞިއްޙަތު އިތުރަށް ފުރިހަމަކޮށްލުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. ޢަމަލުތައް އިޞްލާޙުކޮށް، ދޭދޭ ގުޅުންތައް ވަރުގަދަކޮށް، ތިމާގެ ވަށައިގެންވާ ވެއްޓާމެދު ފިކުރުކޮށް ގެ ކުޅަދުންވަންތަކަން ދެނެގަނެ އެކަލާނގެއާ އޮތް ގުޅުން ވަރުގަދަކުރަން ލިބިފައިވާ 29 ނުވަތަ 30 ދުވަހުގެ ޓިކެޓެކެވެ. ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއިއެކު ރޫޙާނީ ދުޅަހެޔޮކަމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ކަމެއްކަން ޤަބޫލުކޮށް ކުރިއަށް އޮތްތަނުގައި އެކަމަށް މަސައްކަތް ކުރަމަށް ޢަޒުމުކަނޑައެޅުމަށް މިލިޔުމުން ތިބާއަށް ހިތްވަރު ލިބުނުކަމުގައިވާނަމަ އަޅުގަނޑުގެ މަގުސަދު ޙާޞިލުވެއްޖެއެވެ. ތިޔަގޮތުގައި ކުރިއަށް ހިންގަވާށެވެ. 

————————–

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ވަރަށް ރަނގަޅު ލިޔުމެއް ކަމަށް ފާހަގަ ކުރެވޭ. މިކަހަލަ ތަފާތު ޓޮޕިކްތައް އިތުރުކޮއްލަން ވަރަށް ސަޅިވާނެ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ