- Advertisement -ad image

ވިސްކްއެމްވީގެ ދަތުރު؛ ޒުވާނުންނަށް ވަރަށް އިންސްޕަޔަރިން!

ad image

ގުޅުންހުރި ލިޔުންތައް

ބްރައުނީއެއް ކާހިތްވެއްޖެނަމަ ގިނަ ބައެއްގެ ވިސްނުމަށް އެންމެ ފުރަތަމަ ވެސް އަންނާނީ ވިސްކް އެމްވީ އެވެ. 6 އަހަރުވީ މި ޕޭޖަކީ ފޮނި އެއްޗެއްސަށް ލޯބިކުރާ ދިވެހިންގެ މެދުގައި ނުހަނު މަޤްބޫލްކަމެއް ހޯދާފައިވާ ޕޭޖެކެވެ.

ވިސްކްގެ މޭސްތިރިއަކީ އުމުރުން އެންމެ 32އ. ގެ ފައިނާން ނުވަތަ އެންމެން ދަންނަ ނަމުންނަމަ، މައީން އެވެ. ޗޮކްލެޓަށާއި އައު ރަހަތަކަށް ލޯބިކުރާ މައީންއަކީ އެސްއެމްއީ ހަބްގައި ހިންގާ ވިސްކް ކިއޯސްކްގެ އޯނަރުވެސް މެއެވެ. ޒުވާން އުމުރުގައި އެކަނި މައީން ފެށި މި ވިޔަފާރީގައި މިހާރު އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ވެސް އެބަތިއްބެވެ.

މައީން ބުނާގޮތުގައި އެންމެ ކުޑައިރުއްސުރެވެސް އޭނާއަކީ ވަރަށް އެކްޓިވް ކުއްޖެކެވެ. ހަމައެހެންމެ މީހުންނާއި ވަރަށް ގުޅޭ ކުއްޖެއްވެސް މެއެވެ.

“މައީން އަސްލު ވަރަށް ޕީޕަލް ވާނެ”

ސިންގަޕޫރުން ހޮސްޕިޓެލިޓީ ކިޔެވުމަށްފަހު މައީން ވަނީ ގިލިލަންކަންފުށީގައި އިންޓާރން އެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން ގިލިލަންކަންފުށީ ޕޭސްޓްރީ ކިޗަންގައި މަސައްކަތް ކޮށްލަން ލިބުމަކީ ވިސްކް ފެށުމަށް އިންޓްރެސްޓް އުފެދުނު ސަބަބުކަމަށްވެސް މައީން ބުނެއެވެ.

އޭގެފަހުން 2017 ވަނަ އަހަރު މަދު ފޮލޯވާރސް ކޮޅަކާއެކު ވިސްކްއެމްވީ އުފަންވި އެވެ. އެންމެ ހަތަރު ފްލެވާރސްގެ ބްރައުނީސް އާއެކު ފެށި މި ކުޑަކުޑަ އޮންލައިން ވިޔަފާރި ފުޅާވެ މިހާތަނަށް ވަނީ ޖުމްލަ 8 ފްލެވާރއެއްގެ ބްރައުނީސް، ކުކީސް، ކޭކް، ބްރައުނީ ޓަވަރސް އަދި މި ނޫނަސް ގިނަ ފޮނި ބާވަތްތައް ތައާރަފް ކޮށްފަ އެވެ. ހަމައެހެންމެ ވިސްކްގެ ފޮލޯވާރސްގެ އަދަދުވެސް އުޅެނީ އަށް ހާހުން މަތީގަ އެވެ.

އެސްއެމްއީ ހަބްގައި ވިސްކްގެ ކިއޯސްކެއް ހުޅުވައި މުވައްޒަފުން ބެހެއްޓި ނަމަވެސް އެތަނުގައި ވިއްކަން ހުންނަ ހުރިހާ ފޮނި އެއްޗެއްސެއް ތައްޔާރުކުރަނީ މައީންގެ އަތުންނެވެ. މައީންގެ ހުރިހާ ވަގުތެއް ވިސްކަށް ހުސްކޮށްފައިވާއިރު، މި ތަކެެއްޗަކީ ކޮންމެ ދުވަހަކު މައީން އެކަނި ގެއިން ތައްޔާރުކޮށްގެން ގެންދާ ތަކެއްޗެެވެ.

އެކަނި ފެށި މި ކުޑަ ވިޔަފާރީގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް އެކަނި މި މަސައްކަތްތައް ކުރަމުން އަދި އެއަށް ބޭނުންވާ ތަކެތި ހޯދުން ކަމަށް މައީން ވަނީ ބުނެފަ އެވެ.

“އެކަނި ކަންކަން ކުރަންވީމަ ވަރަށް ބޮޑު ޗެލެންޖަަކަށްވޭ”

ހަމައެހެންމެ ރާއްޖޭގައި އިންގްރެޑިއަންޓްސް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް މައީން ވަނީ ބުނެފަ އެވެ. އެގޮތުން އެއްފަހަރު ލިބޭ އެއްޗެއް ދެވަނަ ފަހަރަށް ނުލިބޭކަމަށް މައީން ވަނީ ބުނެފަ އެވެ.

“އެކަމަކު ޕްރޮޑަކްޓްސްގެ އެ ކޮންސިސްޓެންސީ ހިފަހައްޓަން އެބަޖެހޭ. ދެން ނުލިބުނީމަ ބަދަލެއް ގެނެސްގެން އެއްޗެހި ހަދަންޖެހެނީ.”

މައީންގެ އަތުން ތައްޔާރުކުރާ ބްރައުނީސް އަކީ ގިނަ ބައެއްގެ ހިތުން ޖާގަދެވިފައިވާ ބްރައުނީސް ތަކެކެވެ. ހާއްސަކޮށް ނަޓެއްލާ ބްރައުނީއަކީ އަދިވެސް ވިސްކް ކަސްޓަމަރުންގެ މެދުގައި ހިޓެކެވެ. މީގެއިތުރުން މައީންގެ ދެން އެންމެ ބޮޑު އަމާޒަކީ ސޭވަރީ އިންޓްރޮޑިއުސް ކުރުމެވެ. މިއީވެސް ކަސްޓަމަރުންގެ އެދުމެއްކަމަށް މައީން ވަނީ ބުނެފަ އެވެ.

ޒުވާން އުމުރުގައި މައީން މިވަނީ އަމިއްލަ ވިޔަފާރިއެއް ފަށައި އަދި އެ ވިޔަފާރި ކޮޅަށްވެސް ޖަހާފަ އެވެ. އެހެންނަމަވެސް އަދި މި ހިސާބުން މައީންގެ ހުވަފެންތަކަކަށް ނިމުމެއް ނެތެވެ. އެސްއެމްއީ ހަބުން ބޭރަށް ނުކުމެ އަމިއްލަ ތަނެއްގައި މި ވިޔަފާރި މިއަށްވުރެ ފުޅާކޮށް ފެށުމަކީ މައީންގެ އެންމެ ބޮޑު އުއްމީދެވެ.

މިކަން ކުރުމަށް އެންމެ ބޮޑު ސަޕޯޓެއް އަބަދުވެސް ދެނީ މަންމަ އާއި ރައްޓެހިންކަމަށް މައިން ވަނީ ބުނެފަ އެވެ. ހަމައެހެންމެ ވިސްކްގެ ފަހަތުގައި އޮންނަ ވަފާތެރި ފޭން ބޭސްޑް އާއި ނުލައި މި ހިސާބަށް ނާންނާނެކަމަށް މައީން ވަނީ ބުނެފަ އެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ