- Advertisement -ad image

ހިޔާނާތްތެރިވުމާއި ގައްދާރުވުމަކީ މުޅިން ތަފާތު ދެ މާނައިގާ ބޭނުން ކުރާ ދެބަސް!

ad image

ގުޅުންހުރި ލިޔުންތައް

ހިޔާނާތްތެރި ވުމަކީ ކޮރަޕްޝަންގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ޤައްދާރަކީ ޓްރީޒަންއެވެ. އެއީ މާފު ނުކުރެވޭނެވަރުގެ ދެކަމެވެ. ދިވެހީންނަށް މިއަދު ކުރިމަތިވަމުންދާ ކަންކަމަށް ބަލާއިރު ޤައްދާރުންނާއި ދޭތެރޭ ލުއިކޮށް ކަންކަން ކުރުމުގެ ސަބަބުން ޤައްދާރުވުމަކީ މިހާރު މާ ބޮޑު ކަމަކަށް ނުވެއެވެ. އޭގެ ނަތީޖާ މިދަނީ އެކި ގޮތްގޮތުން ފެންނަމުންނެވެ. ދިވެހީންގެ ރާއްޖެއެށް ހޯއްދެވުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު މަސައްކަތް ފައްޓަވަންޖެހުނީ ރާއްޖޭގައި އެކި ގޮތްގޮތުން މި ޤައުމަށް ޤައްދާރުވާ މީހުންގެ އޮއިވަރެއް އުޅޭތީއެވެ. 

ދިވެހި ޤައުމުގެ ތާރީހަށް ބަލާއިރު ފެންނަނީ މި ޤައުމުގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކުވެސް އޭގެ އަޑީގައި މި ލޮބުވެތި ގައުމަށް ޤައްދާރުވި ދިވެހިންތަކެއް ހިމެނިފައިވިކަމެވެ. މިއީ ބަދަލުކޮށްލެވެން ނެތް ހަޤީގަތެވެ. ތާރީހަށް ނަޒަރު ހިންގާލަމާތޯއެވެ. ހަނދާނަށް އަންނަނީ ޕޯޗްޤީޒުން ރާއްޖެ އަޅުވެތިކުރި ހާދިސާއެވެ. ހަސަން ތާޖުއްދީނުގެ ދެދަރިން ކަމުގައިވާ މުހިއްޔުންދީނާއި ޝަމްޝިއްދީން ޤައުމަށް ޤައްދާރުވިވުމުގެ އަގު ދިވެހިން ދައްކަން ޖެހުނީ ދިވެހިންގެ ފުރާނައާއި، ދިވެހި އަންހެންވެރިންގެ އިއްފަތްތެރިކަމުންނެވެ. 

އިނގިރޭސީން ރާއްޖެ އަޅުވެތިކުރި ހާދިސާއަށް ބަލާއިރު ފެންނަނީ އޭރު ވެރިކަމުގައި ނަގާ ކީ ދެ އާއިލާ ކަމުގައިވާ ކަކާގެއާއި އަތިރީގޭ ސިޔާސީ ކުޅިގަނޑެވެ. ބަޔަކު ޤައުމަށް ޤައްދާރުވެ އިނގިރޭސީ ރާނީއަށް ފޮނުވި ސިޓީގެ ނަތީއަކީ ރައްތަށް ފުނޑުފުނޑު ކޮށްލާނެކަމުގެ އިންޒާރާއެކު މަޖުބޫރުން އިނގިރޭސީންގެ ހިމާޔަތުގެ އެއްބަސްވުމުގައި ރަދުންނަށް ސޮއިކުރަންޖެހުމެވެ. އޭގެ އަގު ދިވެހިން ދައްކަން ޖެހުނީ ދިވެހި އިޤްތިސާދުންނެވެ. ކުދި ވިޔަފާރިތަށް ފުނޑި ނަގާ ކިޔާ ވިޔަވާރިވެރިން ބަނގުރޫޓްވުމެވެ. ދިވެހިންގެ އުފެއްދުންތައް އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައި ވޯރާއިންނަށް ހިތުހުރި ގޮތަކަށް ދީގެންނެވެ.        ނޮވެންބަރު 3 ގެ ހާދިސާއަށް ބަލާލުމުންވެސް ފެންނަނީ ހަމަ މިފަދަ ޤައްދާރުވުމެވެ.

 މާލޭގައި ކަހަނބުފަތް ސްމަގްލް ކުރަން އުޅުނު އާދައިގެ ދިވެއްސެއް އޭރު ދުނިޔޭގެ އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ތަމަޅަ ޓައިގަރުންގެ ލިޑަރާއި ބައްދަލުކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އެމީހުން ބޭނުންހާގޮތަކަށް ބޭނުން ކަމެއް ރާއްޖޭގައި ނުކުރެވޭތީ ޤައުމަށް ޤައްދާރުވެ ވެރިކަމާއި ތޮޅި ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން ތަމަޅައިން ގެނެއެވެ. އޭގެ އަގު ދިވެހުން ދެއްކީ ދިވެހި ޒުވާނުންގެ ލެއާއި ފުރާނައިންނެވެ. 

ޒަމާންތައް ފާއިތުވަމުން ދިޔަނަމަވެސް ޤައުމަށް ޤައްދާރުވުމުގެ ސިލްސިއާކަށް ނިމުމެއް ނާދެއެވެ. އެކި ޒަމާންތަކުގައި އެކި ގޮތަށެވެ. މި ޒަމާނުގައި އެކަން އެކުރީ ލިޔެކިއުންތަކުގެ ތެރެއިންނެވެ. ނަމަވެސް ދަންނަންވީ ހަޤީގަތަކީ ކޮންމެ ގޮތަކުންވިޔަސް ޤައްދާރުވުން ވާނީ ޤައްދާރުވުން ކަމުގައެވެ.

ދިވެހި ތާރީހާއި، ފެންނަންހުރި ލިޔެކިއުންތަކާއި، ޖިއޮގްރަފީ އަދި ދިވެހިންގެ ކަލެކްޓިވް މެމޮރީ ބުނާގޮތުން ފޯޅަވައްސަކީ ދިވެހިންގެ ތެނެކެވެ. އެއީ އެހެން ބައެއްގެ ތަނެއް ކަމުގައި ދެއްކޭނެ ހެއްކެއްވެސް ނެތެވެ. ނަވަމެސް އިނގިރޭސީން ދުނިޔޭގެ އެކި ތަންތަން ކޮލޮނައިޒްކުރިއިރު ފޯޅަވަހިވެސް ކޮލަނައިޒް ކުރިއެވެ. އެއާއެކު އަޅުގަނޑުމެން އިނގިރޭސީންނާއި އެކު އެއްބަސްވުމެއް އެކުލަވާލާ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅީމެވެ. އެއްވެސް ހާލެއްގައި ފޯޅަވައްސަކީ އިނގިރޭސީންގެ މިލްކެއް ކަމަށް އަޅުގަނޑުމެން އެއްބަހެއް ނުވަމެވެ. އެއްބަސްވީ ކޮލިނީއެއްގެ ގޮތުގައެވެ.

ޒަމާންބަދަލުވެ ދުނިޔޭގައި ޑީ ކޮލޮނައިޒޭޝަންގެ އޮއިވަރު އުފެދި ކޮލޮނީތަށް ދޫކުރާ ހިސާބަށް އައިއިރު އަޅުގަނޑުމެން އެތަން އެއީ އެހެންބައެއްގެ މިލްކެއް ކަމުގައި ދެކެންޖެހޭ ސަބަބެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެންގެ ޤައުމުގެ ވަލީ އަހުދުގެ މަޤާމުގައި އޭރު ހުންނެވި އިބްރާހީމް މުހައްމަދު ސާލިހަށް ޤައުމަށްވުރެ މުހިންމުވީ އަމިއްލަ އެދުމެވެ. އެ އެދުމުގެ ކުރިމަތީގައި ޤައުމަށް ޤައްދާރުވުން މިއީ މެޓައެއް ކާލުންހާ ފަސޭހަކަމެއް ކަމުގައި ރައީސް އިބްރާހީމް ދެކެވަޑައިގަތެވެ. މަސައްކަތް ކޮށްފިނަމަ ދިވެހީންނަށް ލިބެން އޮތް ފޯޅަވައްސާއި ކުރިން ދިވެހިންގެ މިލްކެއް ކަމުގައިވި ދިވެހި ކަނޑުގެ ބައެއްވެސް ސިއްރު ސިޓީފުޅަކުން ވިއްކާލައްވައިފިއެވެ.

މީގެ އަގު ދިވެހިން އަނެއްކާވެސް ދައްކަންވީ ދިވެހި ދަރިންގެ ލެއާއި ފުރާނައާއި، ދިވެހި އިޤްތިސާދުން ތޯއެވެ. މިފަދަ ޤައްދާރުން އަނެއްކާވެސް މިނިވަންކަމާއެކު ދޫކޮށްލަން ވީތޯއެވެ. 

ރައީސް މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އުފާވެރި ކަމުގެ ހުޅުކޮޅެއް ފެނެއެވެ. އެއީ ހައި ޓްރީޒަން ނުވަތަ ޤައްދާރުވުމަކީ ބޮޑު ކުށެއް ކަމުގައި ކަނޑައަޅާ އޭގެ އަދަބު ބަޔާންކުރާ ޤާނޫނެއް ވުޖޫދަށް ގެނެސް ޤާނޫނީ އިމުގެ ތެރެއިން އެފަރާތްތަކަށް އަދަބު ދިނުމެވެ. މިއީ ދިވެހިންނަށް މިވަގުތަށް ބޭނުންވެފައިވާ އެންމެ މުހިންމު ކަންތަކެވެ. ޤައުމުގެ މިނިވަންކަން ދިފާއު ނުވެއްޖެ ނަމަ ދެން ކުރެވޭނެ ވެރިކަމެއްވެސް އަދި ވެރިކަމެއް ކޮށްދެވޭނެ ރައްޔިތުންތަކެއްވެސް ނުތިބޭނެތީއެވެ. މިއީ ދިވެހިންގެ ދިރި ތިބުމާއި ގުޅިފައިވާ މުހިންމު މައްސަލައެއްގެ ހައްލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ