Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެންމެ ރައްކާތެރި ގޮތަކީ ވޭޕިން އާއި ސިގިރެޓް ބުއިމުންވެސް މުޅިން ދުރުހެލިވުމެ!

ad image

ގުޅުންހުރި ލިޔުންތައް


ވޭޕިންގ އާއި ސިނގިރޭޓް އަޅައި ކިޔާއިރު ވޭޕިންގ އާއި ސިނގިރޭޓް ބުއިމާއި ދެކަމަކީވެސް ސިއްހީގޮތުން ނުރައްކާތެރި ކަމެކެވެ.

މިއީ މި ދޭތީގެ އަޅާކިޔުމެކެވެ.

ވޭޕިން އާއި ސިނގިރެޓަށް ޢާންމުވެގެންވާ ނުރައްކާތައް:

އެޑިކްޝަން ނުވަތަ ދެވިހިފުން: ވޭޕިންގ އާއި އަދި ދުންފަތުގައި ވެސް ނިކޮޓީން އެކުލެވިގެން ވެއެވެ. މިއީ ވަރަށް ބޮޑަށް އެޑިކްޓްވާ މާއްދާ އެކެވެ.

ނޭވާލާ ނިޒާމަށް ލިބޭ ގެއްލުން: މިދޭތީންވެސް ފުއްޕާމޭގެ ޓިޝޫތަކަށް ގެއްލުންލިބި، ފުއްޕާމޭގެ މަސައްކަތް ދަށްވެ، ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.

ސިނގިރެޓަށް ޚާއްޞަ ނުރައްކާތައް:
ވިހަ މާއްދާތައް: ސިނގިރެޓް އަނދައިގެންދާއިރު 7000 އަށް ވުރެ ގިނަ ކެމިކަލް އުފެދެއެވެ. އޭގެ ތެރޭގައި ތާރު، ކާބަން މޮނޮކްސައިޑް، ފޯމަލްޑިހައިޑް، އަދި ބެންޒީން ހިމެނެއެވެ.
ކެންސަރުގެ ނުރައްކާ: ދުންފަތުގެ ދުންގަނޑުގައި ހުންނަ ކެންސަރަށް މަގުފަހިކޮށްދޭ މާއްދާ ތަކުގެ ސަބަބުން ފުއްޕާމޭ، އަނގަ، ކަރު، ބްލެޑަރ، އަދި ޕެންކްރިއާސްގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.
ހިތުގެ ބަލި: އެތެރޮސްކްލޮރޯސިސް ނުވަތަ ހިތުގެ މަސްގަނޑަށް ލޭ ފޮނުވައިދޭ ހިމަ ލޭހޮޅިތައް ބެދެން މެދުވެރިވެ، ހާޓް އެޓޭކް އާއި ސިކުންޑީގެ ލޭހޮޅިތައް ބެދުމުގެ ސަބަބުން ސްޓްރޯކް ޖެހުމަށް މަގުފަހިވެއެވެ.
ދިގުދެމިގެންދާ ބަލިތައް: ފުއްޕާމޭގެ ޓިޝޫ ތަކަށް ގެެއްލުން ލިބުމުގެ ސަބަބުން ސީއޯޕީޑީ، ކްރޮނިކް ބްރޮންކައިޓިސް، އަދި އެމްފިޒީމާ އަށް މަގުފަހި ވެއެވެ.

“ސެކަންޑްހޭންޑް ސްމޯކް” ނުވަތަ ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންނަށްވެސް ސިގިރެޓް ދުމުގެ އަސަރު ކުރުމުގެ ސަބަބުން މިފަދަ ނުރައްކާތަކެއް ކުރިމަތިވެއެވެ.

ވެޕިންގ އަށް ޚާއްޞަ ނުރައްކާތައް:
އަދި ހޯދިފައި ނުވާ ދިގުމުއްދަތުގެ އަސަރުތައް: އީ-ސިނގިރޭޓަކީ ނިސްބަތުން އައު އެއްޗަކަށް ވާތީ، ދިގުމުއްދަތަކުން އެއިން ކުރާނޭ އަސަރުތައް ފުރިހަމައަށް ނޭނގެ އެވެ.
ކެމިކަލް ތަކަށް ހުށަހެޅުން: ވޭޕިންގ އިން އުފެދޭ މާއްދާ ތަކުގެ ތެރޭގައި (“ޕޮޕްކޯން ފުއްޕާމޭ” ކިޔޭ ބައްޔާއި ގުޅިފައިވާ) ޑައިއެސިޓައިލް، ފޯމަލްޑިހައިޑް، އަދި ހެވީ މެޓަލްސް (ނިކަލް، ޓިން، ލެޑް) ފަދަ ގެއްލުން ހުރި ކެމިކަލްތައް ހިމެނެއެވެ.
ފުއްޕާމެޔަށް ލިބޭ ގެއްލުން: ވޭޕް ކުރުން “އީވަލީ” (އީ-ސިނގިރޭޓް ނުވަތަ ވޭޕިންގ-އެސޯސިއޭޓެޑް ލަންގް އިންޖަރީ) އާއި ގުޅިފައިވާއިރު، މިއީ ފުރާނައަށް ނުރައްކާވާ ކަމެކެވެ.
ޒުވާނުންނަށް އޮތް ނުރައްކާ: ފުރާވަރުގެ ކުދިން ފެޝަނެއްގެ ގޮތުގައި ވޭޕް ކުރުމުގެ ސަބަބުން ޒުވާން ޢުމުރުގައި ނިކޮޓީން އެޑިކްޝަން އިތުރުވެއެވެ.
ބެޓެރީއާއި ގުޅިފައިވާ ނުރައްކާތައް: ބެޓެރީތައް ގޯސްވުމުގެ ސަބަބުން ޑިވައިސް ގޮވުމާއި އަލިފާނުގެ ގެއްލުމެއް ހިނގުމުގެ ފުރުސަތު އޮވެެެެއެވެ.

ޖުމްލަކޮށް ބޮޑަށް ގެއްލުން ވަނީ އަނދައިގެން އުފެދޭ ދުމުގެ ތެރޭގައި ހުންނަ ވިހަ އަދި ކެންސަރު ޖައްސާ މާއްދާތަކުން ކަމުގައިވާއިރު މި ނުރައްކާ ބޮޑީ ސިގިރެޓްގައެވެ.
އެންމެ ރައްކާތެރި ގޮތަކީ ވޭޕިންގ އާއި ސިނގިރޭޓް ބުއިމުން ވެސް މުޅިން ދުރުހެލިވުމެވެ.
ނޯޓު( ލިޔުން ނެގީ ޑރ މައުރޫފު ހުސެއިންގެ ފޭސްބުކް ޕޭޖް)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ