- Advertisement -ad image

ބޮޑު މުސާރަ ލިބުނު މުދައްރިސުންނަށް މަރުހަބާ!

ad image

ގުޅުންހުރި ލިޔުންތައް

ޓީޗަރުންނަކީ ގައުމުގެ ނުސްތަގުބަލު ބިނާ ކުރުމުގެ އެންމެ ބޮޑު ޒިންމާ ކޮނޑުގައި އަޅައިގެން ތިބި ހީވަަގި ބައެކެވެ. އެޓީޗަރުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރެވޭ ގެއަަށް ގެންދިއުމަށް ލިބޭ މުސާރަ ކޮޅު ބޮޑު ކޮށްދީގެން ކަން ޔަގީނެވެ.

މި ސަރުކާރުން ތައުލީމަށް ހާއްސަ އިސްކަމެއް ދެނީ ވިސްނުންތޫނު އިލްމީ ޖީލެއް” ބިނާކުރުމަށް ކަމަށް. އަދި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވައުދުވި ގޮތަށް، މިއަދުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ” މިއީ މިމަހުގެ އެއްވަނަ ދުވަހު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު ބަދަލު ކުރެއްވިކަން އިއުލާނު ކުރެއްވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ބަސްފުޅެކެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅާއި އެއްގޮތަށް މިއަދު މިވަނީ ބައެއް ޓީޗަރުންނަށް ބޮޑު މުސާރައެއް ލިބިފައެވެ. ނަމަވެސް މިމަހުގެ މުސަަރައަށް އިތުރު އެއްޗެއް އެޑް ނުވަަ ކިތަންމެ ޓީޗަރުންނެއްވެސް ތިބިކަން ހާމަވާ ކަމަކީ ބައެއް ޓީޗަރުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ މުސާރަ ސްލިޕްތަކެވެ.

މިފަދަ ކޮންމެ ހެޔޮ ބަދަލަކީވެސް ނިކަމެތި ރައްޔިތު މީހާއަށް އުފާވެރިކަން ގެނުވާނެ ކަމެކެވެ. ކޮންމެ ޕާޓީއެއްގެ ވެރިކަމެއް އޮތަސް ކޮންމެ ރައީސަކު ވެރިކަމުގައި ހުއްޓަސް ރައްޔިތުން މުހުތާދުތަކަައި ބޭނުންތައް ފުދޭނަމަ ހަމަ އެންމެ ރަނގަޅެވެ. އައު އޮނިގަނޑާއެކު މުސާރައަށް ހެޔޮ ބަދަލު ލިބުނު ޓީޗަރުންނަށް މަރުހަބާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ