އަޅުވެތިކަމުގެ ދެވަނަ ދައުރެއް ބޭނުންވާ ރައްޔިތަކު މިގައުމުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ހަލީލު ވިދާޅުވެއްޖެއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ޑރ ހަލީލް މިގޮތަށް ވިދާޅުވެފައި މިވަނީ ރައީސް ސާލިހުގެ ސަރުކާރު ވަނީ އިންޑިއާގެ ދަށުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަށް އިޝާރާތްކޮށް ކަމަށް ބެލެވެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ، 2023 ގައި އިބްރާހިމް މުހައްމަދު ސާލިހު ބަލިކުރަން ޕީޕީއެމްގެ އުއްމީދީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަށް ފަސޭހަވާނެ ކަމަށެވެ. އެއީ ސަރުކާރު ސްލޯވުމާއި ކޮރަޕްޝަން ގިނަވުމާއި މަރުތަކަށް އިންސާފު ނުލިބުމާއި މަތިބަރު ސަރުކާރެއް އެތުމާއެކުވެސް ހިދުމަތް ނުލިބޭތީ ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޔާމީން އަކީ ތަރައްގީގެ ބްރޭންޑެއް ކަމަށެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ކުރެއވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސާލިހުގެ ނާގާބިލް ކަން ރައްޔިތުންނަށް މިހާރު އެނގިއްޖެ ކަމަށެވެ. އަދި ގައުމު ބަނގުރޫޓުކޮށްލާފައި އިގުތިސަަދޭ ކިޔަން ލަދުނުގަނޭތޯ އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ.