- Advertisement -ad image

ރިޔާސީ އިންތިހާބު 2023: ޔާމީން ނޫން ޗޮއިސް އެއް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

އައު ގާނޫނު އަސާސީގެ ދަށުން އަހަރުމެނަށް ވެރިކަންތަކެއް ފެނިއްޖެއެވެ. އަދި މިހާރުވެސް ދަނީ ފެންނަމުންނެވެ. އެންމެ ފުރަތަމަ ރައީސް ނަޝީދުއެވެ. އެކަމަކު އެމަނިކުފާނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމައެއް ނުކުރެއްވުނެވެ. 7 ފެބްރުއަރީ 2012 އިސްތިއުފާ ދެއްވުމުން 2013 ގެ ރިޔާސީ އިންތިހާބާ ހަމައަށް ވެރިކަން ކުރެއްވީ އޭރުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކުއެވެ.

އޭގެ ފަހުން 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ކާމިނީގޭ އަބްދުالله ޔާމީން އަބްދުލްގައްޔޫމެވެ. ދެން ފެށުނީ ރާއްޖޭގެ ތާރީހުގައިވެސް ދިވެހިން ދެކެފައިނުވާ ފަދަ އުފާވެރި ތިޔާގި ތަރައްގީގެ މުޅިން އައު ސަފުހާ ތަކެކެވެ. ރައީސް ޔާމީން ގެ ތަރައްގީ މުޅި ގައުމުން ފެންނަން އެއޮތެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބަލާލުމުން އެކަން ފެނެއެވެ. ޖާގައިގެ ގޮތުން ތަނަވަސް ރާއްޖޭގައި މީގެ ކުރިން ތިބެގެން ނުލިބޭ އެތައް ފަރުވާއެއް އެތަނުން ލިބެން ފެށިއެވެ. ޑޮކްޓަރުކަން ކިޔަވަން ބޭނުންވެ ތަނަވަސް ކަމެއް ނެތުމުން އެ އުއްމީދު ހާސިލްނުވެ ތިބި އެތައް ކުދިންނެއްގެ އެ ހުވަފެން ހަގީގަތަށް ވުމަށް މަގުފަހިވިއެވެ.

ބްރިޖެއްގެ ހުވަފެން ދެކެމުން އައި ރައްޔިތުންނަށް އެ ކަން ހަގީގަތަކަށް ހައްދަވައި ދެއްވައި ކޮންމެ ހާލެއްގައިވެސް ގަދަ ކަނޑު ހުރަސްކޮށް ހުޅުމާލެ އާއި މާލެ އާއި ދެމެދު ދަތުރު ކުރަމުންދިޔަ އެތައް ރައްޔިތެއްގެ އެ ތަކުލީފުތަކަށް ނިމުމެއް ގެނެސްދެއްވި ވެރިޔަކީ ޔާމީންއެވެ.

ބަސް ދަތުރުތައް ފަށާއި ސައިކަލެއް ނެތަސް މާލެ ދެވޭނެ މަގު ތަނަވަސްކޮށް ދެއްވިއެވެ. މާލޭގައި އޮތް ހަމައެކަނި ޕާރކަކީ ކުޑަކުދިންގެ ބަގީޗާ ކަމުގަައިވެފައި ވަނިކޮށް ރަސްރަނި ބަގީޗާ ހުޅުވައިދެއްވާ އެތައް ތުއްތު ކުއްޖެއްގެ ހިތަށަ އުފާވެރިކަން ގެނެސްދެއްވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ބޭސްފިހާރައަކުން ހަމައެކަނި ލިބޭ ބޭހަކީ ޕެނަޑޯލްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމީނެވެ. އިޖުތިމާއީ ބޯހިޔާވަހިކަމެއްގެ ގޮތުން 7000 ފްލެޓް ހުޅުމާލެ ފޭސް ދެއެއްގައި އަޅުއްވަަ ދެއްވާ އެތައް ދެމަފިރިއަކަށަ އުއްމީދު ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމީނެވެ.

އެހެންވީމާ 2023 ގައި ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސް އަކީ ރައީސް ޔާމީނު ނޫންތޯއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޔާމީން ނޫނީ ހަރުދަނާ ލީޑަރެއް ނެތް
    މި ގައުމު މި އަދަވަޅުން ނެގޭނެ ދެވަނަ ނަމޫނާ ވެރިއެއް ނެތް އެ ނޫނީ
    ރައީސް ޔާމީން ޕްލީޒް ކަމް ބެކް ސަރ
    ވީ ނީޑް ު ފޮރ އަވަރ ކަންޓްރީ🥲🥲😭

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ