- Advertisement -ad image

ދުނިޔަވީ ޝަރަފާއި މަގާމަށްޓަކައި ރަސޫލާ ދިފާއު ކުރަން ނުކެރެނު މެންބަރުންނަށް، ޒުވާނުންގެ ވަރުގަދަ މެސެޖެއް!

ad image

ގުޅުންހުރި ލިޔުންތައް

ދުނިޔަވީ ޝަރަފާއި މަގާމަށްޓަކައި އުއްމަތުގެ މާތް ނަބިއްޔާ ދިފާއު ކުރަން ނުކެރުނު ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ޒުވާނުން ވަރުގަދަ މެސެޖެއް ދީފިއެވެ. އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ދެ މެންބަރުން ރަސޫލާއަށް ފުރައްސާރަ ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް މިއަދު ހަވީރު  ވަނީ “މަގޭ ނަބިއްޔާ” ގެ ނަމުގައި ސައިކަލު ބުރެއް ކުރިއަށް ގެންގޮސްފައެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ކުރިއަށްގެންދިޔަ މި ސައިކަލު ބުރުގައި ވަނީ މިފަހުން ރާއްޖޭގައި މިފަދަ ރެލީއެއްގައި މީހުން ބައިވެރި ނުވާ ވަރަށް ބައިވެރިވެފައެވެ. ދިވެހި ޒުވާނުން ވަނީ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ގަބޫލު ކުރެވޭނެ އަދި ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބުނެ އަޑު އުފުލާފައެވެ. މާލޭގެ މަގުތަކުގައި މި ސައިކަލު ބުރު ކުރިއަށް ގެންދިޔައިރު ބުރުގެ ބައިވެރިންގެ އަތުގައި ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ލިޔެފައިވާ ގިނަ ޕޯސްޓަރުތަކެއްވެސް ހުއްޓެވެ.

އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އެދުވަހު ބޭރުކޮށްލީއެވެ. މިމައްސަލަ ބޭރުކޮށްލީ އެމްޑީޕީގެ 34 މެންބަރުންގެ ވޯޓުންނެވެ. އެ ދުވަހު މެންބަރުން ބުނެފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު މި ކުއްލި މައްސަލަ ހުށަހެޅީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށްޓަކައި ކަމަށެވެ.

ނަމަވެސް ދަންނަވަންތޯއެ! މާތް ނަބިއްޔާގެ ދިފާއުގައި އަހަރުމެން ތެދުވަންވީ ވަކި ޕާޓީއަކުން މައްސަލަ ހުށަހެޅީމައެއް ނޫނެވެ. އެކަން އަހަރުމެން ކުރަންވީ އެއީ އަހަރުނެން ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއަކަށްވީމައެވެ. އެއީ ކޮންމެ މުސްލިމަކަށް ކުރަންޖެހޭ ކަމެއް ވީމައެވެ.

ކީރިތި ރަސޫލާ ދެކެ ލޯބިވެ އެކަލޭގެފާނު ދިފާއު ކުރުމަކީ މުސްލިމުންގެ ވާޖިބެކެވެ. އެމީހެއްގެ އަމިއްލަ ނަފުސާ މުދަލާ އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާކަން ފުރިހަމައެއް ނުވާނެ” ހުކުރު ހުތުބާ

މިއަދު ސައިކަލުގައި ބުރުގައި ބައިވެރިވި ޒުވާނުން ބުނެފައިވަނީ ހަރަކާތުގެ މުހިންމު މަގުސަދަކީ މާތް ނަބިއްޔާއަށް ނަސްރުވެރިކުރުވުން ކަމަށް ހަރަކާތުގެ ބައިވެރިން ވަނީ ހާމަކޮށްފައެވެ. ހަރަކާތުގެ ބައިވެރިން ވަނީ ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް އަޑުއުފުލާފައެވެ. ޒުވާނުން ބުނެފައިވަނީ މިއީ މިފަދަ ހަރާކަަތެއްގެ ފެށުން ކަމަށެވެ. އެގޮތުން މި ބުރު ނިންމާލައިފައިވަނީ ހާއްސަ ދުއާއެއް ކޮށްފައެވެ.

ޒުވާނުންގެ އާދޭހަކީ އަހަރުމެންގެ ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންނަށް ހަރުކަށި އަދަބެއް ދިނުން އަވަސް ކޮށްދިނުމެވެ. އަދި މިފަދަ މީހުންނަށް އެކަށީގެންވާ ފިޔަވަޅުތައް އަޅައިދިނުމަށް ގާނޫނުތަކާއި ގަވައިދުތައް މަޖިލީހުން ހަދައިދިނުމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ