Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޤިޞާޞު ހިފުމުގައި ތިޔަބައި މީހުންނަށް ވަރަށް ބޮޑު ދިރުމެއްވޭ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުއްވީ: ޑރ މޫސާ އަންވަރު ޙަސަން

ނަފުސު ޙިމާޔަތް ކުރުމަކީ އިންސާނީ ދިރިއުޅުމުގެ ޟަރޫރަތެކެވެ. ދިރިއުޅުމުގެ ޙައްޤު ރައްކާތެރިކޮށްދޭ ކަމެކެވެ. ނަފުސު ރައްކާތެރި ކުރުމަށްޓަކައި އިސްލާމް ދީނުގައި ވަރަށް ގިނަ ވަސީލަތްތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ނަސްލު އިތުރު ކުރުމަށްޓައި، ކައިވެނި ޝަރުޢު ކުރައްވާފައިވެއެވެ.
ތާއަބަދަށް ދައިމަށް ނަސްލު ޙިމާޔަތްކޮށް ބޭއްވުމުގެ ގޮތުން ޝަރްޢީ ގޮތުން ވަސީލަތްތަކެއް ލައްވާފައިވެއެވެ. އިންސާނާ އޭނާގެ ދިރިހުރުން ދެމެހެއްޓެމަށްޓަކައި ކެއުމައި ބުއިމާއި އޮނުއޮރިޔާން ހިޔާ ކުރުމާއި ބޯހިޔާވަހިކަން ލާޒިމު ކުރެއްވިއެވެ. ކުރިން މިއިޝާރަތް ކުރިކަންކަމުން އިންސާނާ އަމިއްލަ މަޙްރޫމުވުން މަނަޢަ ކުރެއްވިއެވެ. އަދި އެކަންކަން ލިބިދިނުމަކީ އިޖުތިމާޢީ ޟަރޫރަތެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި އިންސާނާގެ ނަފުސު ހަލާކުގެ ތެރެއަށް ވެއްޓިގެންދާ ޙާލަތުގައި ޝަރްޢީގޮތުން ކެއުމާއި
ބުއިމުގެ ގޮތުގައި ޙަރާމް ކުރައްވާފައިވާ ތަކެތި ޟަރޫރަތުގެ މިންވަރަށް ހުއްދަކުރިއެވެ. އިންސާނީ ކަރާމަތަށް ރައްކާތެރިވުމަށް ކުރުމަށް، ޤަޒުފު ކުރުމާއި ހުތުރު ބަސްތައް ބުނުމާއި، އެއްވެސް މުބައްރިރެއް ނެތި އިންސަނާއަށް ގެއްލުން ދިނުން ދީނުގައި ނަހީ ކުރެއްވިއެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا﴾ (سورة الأحزاب 58) މާނައީ:” އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ.”
ނަފުސަށް ދަތި އުނދަގޫތައް ކުރިމަތިވާ ޙާލަތުގައި ޝަރްޢި ލުއިކަން ޝަރުޢު ކުރެއްވިއެވެ. މިގޮތުން ބައްޔެއްގެ ސަބަބުން ނުވަތަ ދަތުރެއްގެ މަތީގައި އުޅޭ މީހާ ރޯދަ ދޫކޮށްލުމާއި، ދަތުރު މަތީގައި ނަމާދު ޤަޞްރު ކުރުން ހުއްދަ ކުރެއްވިއެވެ. ނަފުސެއް ޤަތުލު ކުރުން ޙަރާމް ކުރެއްވިއެވެ. ހަމައެފަދައިން އަމިއްލަ ނަފުސަށާއި އެހެން މީހުންގެ ނަފުސަށް ގެއްލުން ލިބޭ އެއްވެސް ކަމެއް
ކުރުން އިސްލާން ދީން ޙަރާމް ކުރެއްވިއެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا﴾ (سورة النساء 29) މާނައީ:” އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.”
އެންމެ ނަފުސެއް ޙައްޤަކާއި ނުލައި ޤަތުލު ކުރުމަކީ މުޅި ޖަމާޢަތް ޤަތުލު ކުރުން ކަމުގައި ބަޔާން ކުރައްވާފައިވެއެވެ. ﴿مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا﴾ (سورة المائدة 32) މާނައީ:” نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ﴾ (سورة الأنعام 151) މާނައީ:”އަދި اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު،
އެކަލާނގެ ތިޔަބައިމީހުންނަށް وصية ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا﴾ (سورة النساء 93) މާނައީ:” އަދި، قصد ގައި مؤمن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ.”
ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. «من قتل معاهدا لم يرح ريح الجنة» (رواه البخاري جـ (3166)، وابن ماجه (2686) މާނައީ:”މުޢާހިދަކު ޤަތުލުކޮށްފި މީހާ ސުވަރުގޭގެ ވަސް ވެސް ދުވަހަކު ވެސް ނުދެކޭނެއެވެ.”
ޤަޞްދުގަ ކުރާ ޤަތުލުގައި ޤިޞާޞް ވާޖިބު ކުރައްވައި، ޤަޞްދަކާއި ނުލައި ކުރެވޭ ޤަތުލަށް ދިޔަ ދިނުމާއި ކައްފާރާ ދިނުން ވާޖިބު ކުރެއްވައި އެކަން ޞަރީޙަ ނައްޞުން ބަޔާން ކުރެއްވިއެވެ. ﴿وَمَا كَانَ لِمُؤْمِنٍ أَنْ يَقْتُلَ مُؤْمِنًا إِلَّا خَطَأً وَمَنْ قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَدِيَةٌ مُسَلَّمَةٌ إِلَى أَهْلِهِ إِلَّا أَنْ يَصَّدَّقُوا فَإِنْ كَانَ مِنْ قَوْمٍ عَدُوٍّ لَكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ وَإِنْ كَانَ مِنْ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ فَدِيَةٌ مُسَلَّمَةٌ إِلَى أَهْلِهِ وَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِنَ اللَّهِ وَكَانَ اللَّهُ عَلِيمًا حَكِيمًا﴾ (سورة النساء 92) މާނައީ:” ކުށަކުން،
އޮޅިގެންމެނުވީ مؤمن އަކު މެރުމަކީ، مؤمن އަކަށް އޮތްކަމެއްނޫނެވެ. އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން صدقات ކުރިއްޔާ މެނުވީއެވެ. އަދި، މަރުވި މީހާއީ مؤمن އަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوة ތެރި قوم އެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި، އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި عهد އެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ، އެމީހެއްގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި މަރުގެދިޔަ ދިނުމާއި، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) اللَّه ގެ حضرة ން توبة ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ