- Advertisement -ad image

މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމުންވެސް ވީކަމެއް ހަމަ ހަރާން!

ad image

ގުޅުންހުރި ލިޔުންތައް

އެއީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރެވެ. ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު ރިޔާސީ އިންތިހާބު 2018 ކާމިޔާބު ކުރުމަށްފަހު ދެން ފައިވިއްދީ ޖަޒީރާ ރާއްޖެ އޭ ކިޔައިގެން މަޖިލީހުގެ މެޖޯރިޓީވެސް ނަގާށެވެ. ލައްކަ ފަސޭހަ ކަމާއެކު އެކަންވެސް ކާމިޔާބު ކުރިއެވެ.

ރައްޔިތުންގެ މަޖިލީހުފެ 87 ދާއިރާގެ ތެރެއިން 65 ގޮނޑި ފަސޭހަ ކަމާއެކު ނަގާ މިހާތަނަށް އެއް ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި ނުހޯދާ ވަރުގެ ކާމިޔާބެއް ހޯދައި ސުޕަރ މެޖޯރިޓީ ނެގިއެވެ.

ރައްޔިތުން ތިބީ ހޭލާ ބަލާށެވެ. މިއަދު 2022 ވަނަ އަހަރުގެ އޮގަސްޓް މަސް ގުނަމުންދާއިރު ގައުމު މިއޮތް ހާލަތާއި މެދު ވިސްނައިފި ކޮންމެ މީހަކަށް ލޮލުން ކަރުނަ ހިލޭހާވެއެވެ. މިއޮތް ކުޑަ ކުޑަ ރާއްޖޭގައި ބޮޑެތި ފާފަތަކަށް އަރައިގަނެ އެކަމުން ރެކެން ފާޅުގައި މީހުން މަސައްކަތް ކުރާއިރު ގައުމު ހަމަ މަގަށް އަޅުވަން ހުވާކޮށްގެން ތިބި ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ކަހާތަން ހިރުވާވެސް ނުލައެވެ.

ސުޕަރ މެޖޯރިޓީ ބޭނުން ވީމާ ބޭނުން ކަމެއް ކުރަން ދަންވަރެއް ފަތިހެއް ނުބަލާ ޖަލްސާ ބާއްވާއެވެ. އެކަމަކު ބޮޑެތި ކުށްތައް ކުރާ މީހުނަށް ދޭނެ އަދަބެއް ކަނޑައަޅަން އަނގަހުޅުވާލާނޭ މެންބަރަކުވެސް ސުޕަރ މެޖޯޜިޓީގައި ނެތެވެ.

ފުލުހަށް މައްސަލަ ހުށަހަޅާތާ ހަފުތާއެއް ދެ ހަފުތާ ވެގެންދާއިރު ކުށުގެ ތުހުމަތުވާ މީހާ އާއި ސުވާލެއްކޮށްލަން ނުގެންދެވޭ ހިސާބަށް ގައުމު ދިޔާމާ އެއްކަލަ ސުޕަރމެޖޯރިޓީގެ ބޭނުމަކީ ކޮބާ ހެއްޔެވެ. ރައްޔިތުން ކަންބޮޑުވާ މައްސަލަތައް މަގުމައްޗަށް ނިކުމެ ފާޅު ކުރާ ދަރަޖައަށް ގައުމުގެ ކަންކަން ދިޔާމާ ސުޕަރމެޖޯރިޓީ އެއީ ކީއްކުރާ އެއްޗެއް ހެއްޔެވެ.

ކޮންމެ ދާއިރާއެއްގެ މެންބަރަކު ރައްޔިތުން ތަމުސީލްކުރަން ހޮވީމާ މަޖިލީހަށް ސަލާމްބުނެ ހަމައެކަނި މުސާރަ ނަގައިގެން ތިބެންޏާ ސުޕަރމެޖޯރިޓީ ނެތަސް އެންމެ ރަނގަޅު ނޫންތޯއެވެ. ސުޕަރމެޖޯރިޓީ ރައްޔިތުން ދިނީމާ ރައްޔިތުންނަށް ތި ދިނީ ދޯކާ ނޫން ދެން ކޮން އެއްޗެއްތޯއެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ޢެމީހުންް ކުރަން ބޭނުންވާ ކަންތައް އެބަކުރޭ.ދައުލަތުގެ މިލްކިއްޔާތު އެކިގޮތްގޮތައް އެކިނަންނަމުގަ ކައި އެބަހުސްކުރޭ.ގާނޫނުވެސް ހަދަނީ އެމީހުންނައް މަގުފަހިވާ ގޮތަށް.5 އަހަރުގެ ދައުރެއް ވަރިހަމަ ރިސޯޓްގަ ހޭދަކުރިޔަސް ޖަލްސާއަކަށް ނުދިޔަޔަސް 5 އަހަރުވުމުން އެލަވަންސާއި އިނާޔަތް ލިބޭ.ސިވިލްސާވިސްގެ މީހަކު 25 އަހަރު ޚިދުމަތްކޮށްފަ ވަކިވިޔަސް އެކައްޗެއްވެސް ނުލިބޭ.ހުސް އަތާ ގެޔަށް ދާންޖެހެނީ.ކޮންކަހަލަ އިންސާފެއް. ވޯޓް ހޯދަން އައުމުގެކުރިން މިކަމާ ވިސްނާލާތި.ވަރަށް ސަލާމް.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ