- Advertisement -ad image

حلال ކުރައްވާފައިވާ، އަނބިން ދޫކުރަނީ ހެއްޔެވެ؟

ad image

ގުޅުންހުރި ލިޔުންތައް

ޑރ. މޫސާ އަންވަރު ޙަސަން 

       މާތް الله އިންސާނާ ޚަލްޤު ކުރައްވާފައިވަނީ އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް މާތްކުރައްވާ، އެކަލާނގެ ޚަލީފާއިން ކަމުގައި ލައްވާފައެވެ. އާޚިރަތެކޭ އެއްފަދައިން ދުނިޔެ އާރަސްތު ކުރުމަށްވެސް ވަނީ އަންގަވާފައެވެ. އެކަމަށްޓަކައި އިންސާނާ އަށް ވަނީ މަގުފަހިކޮށްދެއްވައި، އިންސާނާގެ ބޭނުންތައް ފުއްދަން ޖެހޭ ގޮތުގެ ޝަރްޢީ އުޞޫލުތަކެއް ކަނޑަ އަޅުއްވާފައެވެ. ރުހޭ ކަންކަމައި ނުރުހޭ ކަންކަން އެކަށައެޅުއްވިއެވެ. އެތެރެފުށާއި ބޭރުފުށުގައި ހިމެނޭ އެންމެހައި ފާޙިޝް ކަންކަން ޙަރާމް ކުރެއްވިއެވެ. މިކަމަށް އިޝާރަތް ކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ﴿وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ﴾ (سورة الأنعام 151) މާނައީ:”އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ.”  

އެގޮތުން އިންސާނުން އެބައި މީހުންގެ ޖިންސީ ޣަރިޒާ ފުއްދުމަށްޓަކައި ކައިވެނި ޝަރުޢު ކުރެއްވިއެވެ. ފިރިހެނެއްގެ ކިބައިން އެ ނަފުސުގެ ބައިވެރިޔާ (އަނބި މީހާ) ހެއްދެވިއެވެ. މިކަން ލައްވާވަފައިވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްގެ އިތުރުން، އެކަނބަލުންގެ ފަރާތުން ފިރިމީހާ އަށް ލިބިގެންދާ ހަމަހިމޭންކަމެއްގެ ގޮތުގައެވެ. އަދި ހަމައެފަދައިން އެކަލާނގެ  ދެމަފިރިންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލައްވައި، ދަރިންނާއި، ދަރިންގެދަރިން ދެއްވިއެވެ.  

ނަމަވެސް ހިތާމައަކީ ޝަރުޢީ ގޮތްތަކާއި ޚިލާފު މުޑުދާރު ޢަމަލުތަށް ދުވަހެއް ދުވަހަކަށް މުޖުތަމަޢު ތަކުގައި ފެތުރި މިފަދަ ނޭދެވޭ ޢަމަލުތައް ޢާންމުވަމުން ދާކަމެވެ. އެގޮތުން ފިރިހެނުން ފިރިހެނުންނާއިއެކު ޖިންސީ ގުޅުން ހިންގުމާއި، އަންހެނުން އަންހެނުންނާއި އެކު އެފަދަ ގުޅުން ތައް ހިންގުން މިވަނީ 


2 / 5

މުޖުތަމަޢުގެ ބައްޔަކަށް ވެފައެވެ. ފިރިހެނުން، ފިރިހެނުންނާއި އެކު ހުތުރުކަން ބޮޑު ޖިންސީ ގުޅުން ހިންގުމަށް ޢަރަބިބަހުގައި اللواط ކިޔައެވެ. އިގިރޭސިބަހުން sodomyއެވެ.  އަންހެނުން އަންހެނުނާއި އެކު ހުތުރުކަން ބޮޑު ޖިންސީ ގުޅުން ހިންގުމަށް  ޢަރަބިބަހުގައި السِّحَاقُ އަދި السَّحْقُނުވަތަ اَلْمُسَاحَقَة ކިޔައެވެ. އިގިރޭސިބަހުންނަމަ Lesbianism އެވެ. މިބަހުގެ އަޞްލަކީ ގްރީކު ބަހެކެވެ. މިބަސް ނިސްބަތްވަނީ ގްރީކުގެ ޖަޒީރާ ރަށެއްކަމުގައިވާ Lesbos އަށެވެ. އެރަށަކީ ގްރީކުގެ މަޝްހޫރު ޅެންވެރިއެއްކަމުގައިވާ Sappho ގެ ރަށެވެ. މީނާއަކީ މީލާދުގެ ހައަހަރު ކުރިން ގްރީކުގެ އަންހެނުންނާއި އެކު ޖިންސީ ގުޅުން ހިންގުމުގައި މަޝްހޫރުވެފައިވާ އަންހެނެކެވެ.  

ކީރިތި ޤުރްއާނުގައި ލިވާޠު ކުރާ މީހުންނަށް ވަޢީދުގެ ބަސްފުޅު ވަޙީ ކުރައްވާފައިވެއެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރަމުންދިޔަ މިޢަމަލާއި ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ *إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِّن دُونِ النِّسَاءِ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴾ (سورة الأعراف 80-81)  މާނައީ:”އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުންގެ ކުރިން، عالم ތަކުގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ فاحش عمل ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން، ތިޔަބައިމީހުން شهوانى ގޮތުން، އަންހެނުން ދޫކޮށް، ފިރިހެނުންނާ ގާތްވަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ﴿أَتَأْتُونَ الذُّكْرَانَ مِنَ الْعَالَمِينَ * وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَاجِكُم بَلْ أَنتُمْ قَوْمٌ عَادُونَ ﴾ (سورة االشعراء 165-166) މާނައީ:” خلق ތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.” 


3 / 5

އިސްލާމީ ނަޒަރަކުން ބަލާއިރު އެއްޖިންސުން ގުޅުންހިންގުމަކީ، އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އިންސާނުން ހައްދަވާފައިވާ ފިޠުރަތާއި މުޅިން ޚިލާފު ޢަމަލެކެވެ. މާތް الله ސިކުނޑި ދެއްވުމުން މާތް ކުރައްވާފައިވާ އިންސާނާ ޙަޔަވާނުންގެ ދަރަޖައަށް ވެއްޓިގެންދާ އަމަލެކެވެ. އިސްލާމްދީނުގައި އިންސާނުން އެބައިމީހުންގެ ޖިންސީ ޣަރީޒާ ފުއްދުމަށް އަންގަވާފައިވަނީ ކައިވެނީގެ ޒަރިއްޔާއިންނެވެ. ފިރިހެނަކާއި، އަންހެނަކު ކައިވެނި ކުރުމަށްފަހުއެވެ.  

ނަމަވެސް މިއުޞޫލާ ޚިލާފަށް ޢަމަލު ކުރާ މީހުންނާ ބެހޭގޮތުން ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގައި ވެއެވެ. (سِحَاقُ النِّسَاءِ بَيْنَهُنَّ زِنًى) (الكامل” (5 / 1280)، والطبراني (22 / 153)، وأبو يعلى(7491) މާނައަކީ: “އަންހެނުންގެ މެދުގައި އެއްޖިންސުން ގުޅުންހިންގުމަކީ ޒިނޭއެކެވެ. އަދިވެސް އެހެން ބަސްފުޅެއްގައިވެއެވެ. (أَنَّ السِحَاقِيَّاتُ مَلْعُوْنَاتٌ) މާނައީ:”ހަމަކަށަވަރުން އެއްޖިންސުން ގުޅުންހިންގާ އަންހެނުންނަކީ ލަޢްނަތް ލިބިގެންވާބައެކެވެ.” އަދި ވެސް ޙަދީޘް ކުރައްވާފައިވެއެވެ. (لَعَنَ اللهُ مَنْ عَمِلَ عَمَلَ قَوْمُ لُوْط) (أخرجه أحمد (2816) واللفظ له، وأبو يعلى (2539)، وابن حبان (4417) މާނައަކީ:”ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ޢަމަލު ކުރާ މީހުންނަށް މާތް اللهލަޢްނަތް ލެއްވިއެވެ.” އަދިވެސް ކީރިތިރަސޫލާގެ އަރިހުން ވާރިދުވެފައިވެއެވެ. (إذَا أَتَتْ الْمَرْأَةُ الْمَرْأَةَ، فَهُمَا زَانِيَتَانِ) މާނައަކީ:”އަންހެނަކު އަންހެނަކާއެކު ޖިންސީ ގުޅުން ހިންގައިފިނަމަ، އެދެމީހުންނަކީ ޒިނޭ ކުރާ ދެމީހުންނެވެ”. 

أبو بكر الصديق އާއި على بن أبى طالب އާއި خالد بن الوليد އާއި عبد الله بن الزبير އާއި عبد الله بن عباس އާއި مالك އާއި إسحق بن راهويه އާއި الإمام أحمد އާއި شافعيގެފާނު ވިދާޅުވެފައިވަނީ ޒިނޭގެ ޢުޤޫބާތަށްވުރެ ލިވާޠު ކުރާ މީހުންގެ ޢުޤޫބާތް ބޮޑު ކަމުގައެވެ. ކޮންމެ ޙާލަތެއްގައި ވެސް އެމީހުން ޤަތުލު ކުރަން ޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ. އެއީ މުޙްސާނަކު ކަމުގައި ވިޔަސް މުޙްޞަނު ކަމުގައި ނުވިޔަސް މެއެވެ.  


4 / 5

الموسوعة الفقهية الكويتية ގައި ބަޔާންކޮށްފައިވެއެވެ. “ފިޤުހު ޢިލްމުވެރިން އެއްބަސް ވެވަޑައިގަންނަވާ ގޮތުގައި އެއްޖިންސުން ގުޅުންހިންގުމަކަށް ޙައްދެއް ކަނޑައެޅިފައެއް ނުވެއެވެ. ނަމަވެސް އެފަދަމީހުން ތަޢްޒީރު ކުރަން ޖެހޭނެއެވެ. އެއީ އުރެދުމަކަށްވާތީއެވެ. “އިބުނު ޤުދާމާ ވިދާޅުވެފައިވެއެވެ”. އެއް އަންހެނަކު އަނެއް އަންހެނަކާއެކު، އެއްޖިންސުން ގުޅުންހިންގައިފިނަމަ، އެދެމީހުންނަކީ ޒިނޭކުރާ ދެމީހުންނެވެ. އަދި އެދެމީހުންނަކީ ލަޢްނަތް ލިބިގެންވާ ދެމީހުންނެވެ. تحفةالمحتاج ގައި ބަޔާން ކުރައްވާފައިވެއެވެ. އަންހެނަކު އަންހެނަކާއެކު ޖިންސީ ގުޅުން ހިންގައިފިނަމަ، ޙައްދެއްނުޖެހޭނެއެވެ. ނަމަވެސް ތަޢްޒީރު ކުރާނީއެވެ. 

އެއްޖިންސުން ގުޅުންހިންގާ މީހެއްގެ ޙައްދަކީ ޒިނޭގެ ޙައްދެވެ. މީހުންނާ ނުއިދެ ތިބި ދެއަންހެނުން އެއްޖިންސުން ގުޅުންހިންގައިފިނަމަ، އެދެމީހުންގެ ޝަރުޢީ ޙުކުމަކީ ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމެވެ. އެދެމީހުންނަކީ މީހުންނާ އިދެގެން ތިބި ދެމީހުންކަމުގައިވާނަމަ، ނުވަތަ އިދެ ވަރިކޮށްފައިވާ ދެމީހުން ކަމުގައިވާނަމަ ރަޖުމުކުރުމެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. (السَّحْقُ فِي النِّسَاءِ بِمَنْزِلَةِ اللِّوَاطِ فِي الرِّجَالِ، فَمَنْ فَعَلَ مِنْ ذَلِكَ شَيْئاً فَاقْتُلُوهُمَا، ثُمَّ اقْتُلُوهُمَا) މަނާއަކީ.”އަންހެނުންގެ ތެރޭގައި އެއްޖިންސުން ގުޅުންހިންގުމަކީ، ފިރިހެނުންގެ ތެރޭގައި ލިވާޠު ކުރުން ފަދަކަމެކެވެ. އެފަދަ ކަމެއްކުރާ ބަޔަކުނަމަ، އެބަޔަކު ޤަތުލު ކުރާށެވެ. ދެން އެއަށްފަހު ޤަތުލު ކުރާށެވެ”. 

މާތް الله سبحانه وتعالي އާއި އެކަލާނގެ ރަސޫލާގެ ލަޢްނަތާއި ވަޢީދު ހުރިކަން ބަޔާން ކުރައްވާފައިވާ ހުތުރުކަންބޮޑު ފާފައިގެ ވާހަކަ އާއި، އެ ފަދަ عمل، ތައް ފެތުރުމަށް މަސައްކަތް ކުރާ މީހުން އުޅޭކަމީ ހިތާމަ ހުރިކަމެވެ. އެފަދަ މީހުންނަށް ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب ހުރި ވާހަކަ ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން ވަނީ ބަޔާން ކުރައްވާފައެވެ. މިކަމަށް އިޝާރް ކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ﴾ (سورة النور19) މަނާއަކީ.”ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ.”  


5 / 5

ނުބައިކަންކަން ފެތުރިގެން ދިއުމަށް އެކަލާނގެ ލޯބިވޮޑިއެއް ނުގަންނަވައެވެ. އެފަދަ ކަންކަން ފެތުރުމަށް މަސައްކަތް ކުރާ މީހުންނީ މުޖުތަމަޢުގައި ފިތުނަ އުފައްދާ ބައިބައި ކުރުމަށް މަސައްކަތް ކުރާ މީހުންނެވެ. އެހެންކަމުން އިސްލާމީ ޝަރިޢަތާއި ޤާނޫނު އަސާސީގެ ތެރެއިން އެމީހުންނާ މެދު ފިޔަވަޅު އަޅަން ޖެހެއެވެ. އެއީ ކަންކުރާ މީހާ އާއި އެކަން ފެތުރުމަށް މަސައްކަތް ކުރާ މީހާ އާއި އެއްފަދަ ވާތީއެވެ. 

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ