ސިނަމާލެ ބްރިޖަކީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ ވަރުގަދަ އިންގިލާބެއް ގެނައި ފާލަމެވެ.
2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ސިނަމާލެ ބްރިޖް ހުޅުވިގެން މިއަދާ ހަމައަށް އައި އިރު މި ފާލަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި އިގްތިސާދީ އިޖުތިމާއީ އެތައް ކުރިއެރުމަކާއި ފަސޭހައެއް ލިބިގެންދިޔައެވެ.
މޫސުން ގޯސްވެ ކަނޑު ގަދަވުމުން ފެރީގައި ދަތުރުކޮށްފައި މާލެ އަންނަ އައުން ނިމުމަކަށް ގެނުވީ ސިނަމާލެ ބްރިޖްގެ ސަބަބުންނެވެ. ސައިކަލުތަކުގައި ދިގު ކިއު ހަދާއިގެން ފެރީ ޓާރމިނަލްގައި ތިބެން ޖެހުނު ދުވަސް މާޒީވެގެން ދިޔައީ ސިނަމާލެ ބްރިޖުގެ ސަބަބުންނެވެ.
ބްރިޖަށް 4 އަހަރު ވުމާއި ގުޅިގެން، އެކަމުގެ ތަހުނިޔާ ރައްދުކޮށް ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، ސިނަމާލެ ބުރިޖަކީ ދެގައުމުގެ އެކުވެރިކަމުގެ ރަމްޒެއް ކަމަށާއި އާއްމުންނަށް ބްރިޖު ހުޅުވާލި ފަހުން މިއަދާ ހަމައަށް 100 މިލިއަން ދަތުރު ބްރިޖު މަތިން ކޮށްފައިވާ ކަމަށެވެ.
ކުރިއަށް 2023 ގެ ރިޔާސީ އިންތިހާބު އޮތްއިރު ވޯޓު ދިނުމުގައި ރައްޔިތުން ވިސްނަންވީ ތަރައްގީ ގެނެވޭނީ މިހާތަނަށް ތަރައްގީ ލިބުނީ ކޮން ވެރިކަމެއްގައިތޯ އެވެ. ރައްޔިތުންގެ ނިންމުމުގެ ސަބަބުން ގައުމުގެ މުސްތަގުބަލާ ކުރިމަގަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެއެވެ.