- Advertisement -ad image

ހިޔާފްލެޓްތައް: އަސާސީ އެތައް ހިދުމަތެއް ނުލިބި ތަކުލީފުގައި އުޅޭތާ އަހަރެއް!

ad image

ގުޅުންހުރި ލިޔުންތައް

ހިޔާ. ފްލެޓުން އެޕާރޓްމަންޓެއް ލިބި އެތަނުގައި ދިރިއުޅެން ފެށުމަކީ އެތައް ދިވެހިންނށް ނުހަނު އުފާވެރިކަން ލިބުނު ކަމެކެވެ.ހަތަރު ފާރު ލިބުނު ނަމަވެސް ތޮށް ޖެހިފައިވާ މާލެ އާއި ދުރުން ލެވުނު ހަމަނޭވާ އަކީވެސް އެތައް އަހަރެއްގެ އުއްމީދެކެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވެ ދިރިއުޅެން ފެށިތާ އަހަރެއް ވީއިރުގައި ވެސް މިތަނުގައި އަސާސީ ހިދުމަތައް ނުލިބޭ ވާހަކަތަކަކީ ދައްކާ ހުސްނުވާ ވާހަކަތަކެވެ.

24 ބުރީގައި ދިރިއުޅެވޭގޮތަށް ދޫކޮށްފައިވާ ހިޔާ ފްލެޓްތަކަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއު އެވެ. ޖުމްލަ 15 ޓަވަރު ހިމެނޭގޮތަށް ހުޅުމާލޭ ފޭސް ދޭއްގައި ވަނީ 7000 އެޕާރޓްމަންޓް ޤާއިމްކޮށްފަ އެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ދައުރު ނިމުނުއިރު ނުނިމި ހުރި ހިޔާ ފްލެޓްތައް މި ސަރުކާރުން އާއްމުންނަށް ދޫކުރީ ފިނިޝިން ނުނިންމަ އެވެ.

ފިނިޝިން ނިންމަން މި ސަރުކާރުން 6 މަސްދުވަހުގެ ކުލި މައާފް ކޮށްދިނެވެ. އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްގެން ފިނިޝިން ނިންމޭނެ ފެންވަރު ނެތް އެތައް ބަޔަކު މި ހިޔާ ފްލެޓްގައި އަދިވެސް އެބަ ދިރިއުޅެއެވެ. މުށި ޖެހޭނެ ފެންވަރު ނެތުމުން ތަރުފާލު އަޅައިގެންނެވެ. ދޮރު ހަރުކުރެވޭނެ ފެންވަރު ނެތުމުން ދޮރުތަކުގައި ފޮތި ދަމައިގެންނެވެ. ފަންކާ ހަރުކުރެވޭނެ ފެންވަރު ނެތް މީހުން ފަންކާ އާއި ނުލައި ވެސް ހިޔާ ފްލެޓްގައި އެބަ ދިރިއުޅެއެވެ. މި ހުރިހާ ހިތްދަތި ކަމެއްގެ ތެރެއިން ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ވަނީ މި ވިއްސާރަ މޫސުމުގައި އިތުރު ތަކްލީފެއް ކުރިމަތި ވެފައެވެ.

ވިއްސާރަ މޫސުމުގައި ފްލެޓްތަކުގެ ކޮރިޑޯތަކުގައި ބޮޑުވެ އެ ހިސާބުގައި ހުންނަ އެޕާރޓްމަންޓްތަކަށް ފެން ވަންނަ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ވިއްސާރަ ވެހިއްޖެނަމަ ކޮރިޑޯގެ ރެއިލިން އިންނަ ފަޅީގައި އޮންނަ ފެން ބޮޑުވެފަ އެވެ. މުސްކުޅިންނާއި ކުޑަކުދިން ވަދެ ނުކުމެ ހަދާއިރު މި ތަންތަނުން ކައްސާލުމަކީ އެކަށީގެންވާ ކަމެކެވެ. މި ޝަކުވާ އެޗްޑީސީއަށް މީގެ ކުރިންވެސް ވަނީ ހުށަހަޅާފަ އެވެ. ހިޔާ ޔޫނިއަންގެ ފަރާތުންވެސް އެތައް ފަހަރަކު ވަނީ މިކަން އެޗްޑީސީގެ ސަމާލުކަމަަށް ގެނެސްފަ އެވެ. ނަމަވެސް އެޗްޑީސީއަށް ކަހާތަން ހިރުވާވެސް ނުލާކަމަށް އެއްބަޔަކު ވަނީ ބުނެފަ އެވެ.

މިގޮތަށް އެޕާޓްމަންޓަށް ފެންވަދެގެން ހިޔާ ޔޫނިއަން ގުރޫޕްގައި ޝަކުވާ ކުރި މީހަކު ބުނިގޮތުގައި ވިއްސާރަ ދުވަސްވަރު އެމީހުންގެ ސިޓިންގްރޫމްގައި އެއްޗެއް ނުބެހެއްޓެއެވެ. ގޭތެރެއަށް ފެންވަދެ ފަރުނީޗަރުތައް ވެސް ހުރީ ހަލާކު ވެފައެވެ. ނިދާފައި ތިއްބަ ވާރޭ ވެހިއްޖެނަމަ ސިޓިންރޫމްތެރެ ފެންބޮޑުވާކަމަށާއި ބައެއް ފަހަރު ކައްސާލައިގެން ވެއްޓޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެޕާރޓްމަންޓްތަކުގެ ކުޑަދޮރުތަކުން ފެންވަންނަ ޝަކުވާވެސް ގިނަ ބަޔަކު ކުރެއެވެ. ދެތިން ލައްކަ ދީގެން ބޮޑު އަގުގައި ތަން ހެދުމަށްފަހު މިފަދަ ގޮތަކަަށް ފަރުނީޗަރުތައް ހަލާކުވާތަން އެކަކުވެސް ދެކޭކަށް ބޭނުމެއް ނުވާނެއެވެ. އަދި އެޕާރޓްމަންޓްގެ މައިދޮރުވެސް ވިއްސާރައިގެ ސަބަބުން ހަލާކުވާ ކަމުގެ ޝަކުވާ އެއްބަޔަކު ވަނީ ކޮށްފަ އެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަަށް ހަމަނޭވާ ލެވުނަސް ގިނަ ފަހަރު ދިރިއުޅެމުންދަނީ ކަރުތާ ފެނުގަ އެވެ. ފޭސް ދޭއްގައި ދިރިއުޅޭ އެތައް ރައްޔިތުން އަސާސީ ހިދުމަތުން މަހުރޫމްވެ ތިބެ ދިރިއުޅޭތާ އަހަރެއް ވީ އެވެ. އަދިވެސް ތިބީ މިއަށްވުރެ ހެޔޮ މާދަމާއެއްގެ އިންތިޒާރުަގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ