ނިއުމާ މިސް ބުނެދެނީ ދިވެހިބަސް ކުރިއަރުވަން ބެލެނިވެރިޔާ އަށް ކުރެވިދާނެ ކަމެއް!

0
1615

ނިއުމާ މިސް ބުނެދެނީ ދިވެހި ބަސް ކުރިއަރުވަން ބެލެނިވެރިޔާ އަށް ކުރެވިދާނެ ކަމެކެވެ.
މިއީ ކޮންމެ ބެލެނިވެރިއަކަށްވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންވާނީ ތަންކޮޅެއް ދިގުކޮށް ހުންނަ މޮނީޓަރު ފޮތެކެވެ. މިފަދަ ފޮތްތަކަށް ‘ލޮގްފޮތް’ ވެސް ކިޔައެވެ.
މި ހަރަކާތަކީ އިމްލާ ލިޔެގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ހަދާނެ ގޮތަކީ ދަރިފުޅު ލައްވައި ފޮތް ރީތިކުރުމަށް ފަހު ކޮންމެ ދުވަހަކުވެސް ލިޔުއްވާނީއެވެ.
މިސާލަކަށް: ދިވެހި ވާހަކަ ފޮތަކުން ނުވަތަ މައުލޫމާތު ފޮތަކުން މަންމަ/ ބައްޕަ ކިޔަމުންދާ ވަރަކުން ދަރިފުޅު ޖެހޭނީ އަޑުއަހައިގެން ލިޔާށެވެ. މިގޮތަށް މިފޮތުގެ 1/2 ނުވަތަ 1/3 ގައި ކޮންމެ ދުވަހަކު ލިޔުއްވަން ވާނެއެވެ.
އާއިލާގެ އެއްކުއްޖަކަށްވުރެ ގިނަކުދިން ތިބޭނަމަ މިހަރަކާތް ވަރަށް ޝައުޤުވެރިކޮށް ގެންދެވިދާނެއެވެ. އިނާމުދިނުން ފަދަ ތަފާތު ހިތްވަރުދިނުމުގެ އުކުޅުތައް ބޭނުން ކުރެވިދާނެއެވެ.

ކޮންމެ ދުވަހަކުވެސް ލިޔެނިމުމުން ދަރިފުޅު ކައިރީގައި ލިޔުނު ޕެރެގްރާފް އަމިއްލައަށް ކިޔުމަށްފަހު ދޭހަވާ އެއްޗެއް ކުރަހައިފައި ކުލަޖައްސަން ބުނާށެވެ. އޭރުން އަދި އިތުރަށް މިމަސައްކަތްކުރަން ދަރިފުޅު ޝައުޤު ވެރިވާނެއެވެ.
މިފޮތް ރީތިކޮށް ގެންގުޅެ، ލިޔަމުންދާ ވަރަކުން ދަރިފުޅާއެކު މިފޮތުގައި އޭނާ ކުރަމުންދާމަސައްކަތުގެ ވާހަކަ ދައްކައި ހިތްވަރު ދޭށެވެ. ކޮންމެ ދުވަހެއްގެ ތާރީހު ޖެހުމަށް ހަނދާން ކުރަންވާއެވެ. މިފޮތަކީ ދަރިފުޅު ބޮޑުވެގެން ހަނދާނަކަށް ބާއްވަންވެސް ރަނގަޅު ފޮތެކެވެ

މިހަރަކާތުން ކުރިއަރާނެ ކަންތައްތައް

-އަޑުއެހުން
-ކުރެހުން

އާއިލީގުޅުން ބަދަހިވުން
ދޭހަވުން
އަތުލިޔުން
ލިޔުންތެރިކަން
އުފެއްދުންތެރިކަން
ކަންކަމަށް ދޭ ސަމާލުކަން
މުއާމަލާތް ކުރުން
އަޅެ ނިއުމާ މިސް ކިޔައިދިން މި ކުޑަ މަސައްކަތް ކޮށްލައިގެން ދަރިފުޅުގެ ދިވެހި ބަސް މުއްސަނދިކޮށްލަން ގޭގަައި މަސައްކަތް ކޮށްލަ ބަލާށެވެ.

މައުލޫމާތު ނެގީ: ނިއުމާ މުހައްމަދު (ފޭސްބުކް)
https://m.facebook.com/story.php?story_fbid=pfbid02fhH3jCdUt2DHv9DXsWCReWMEKeLgtHosGc2qSzCDJABE2TVHeGLEZ8N1du8grXRDl&id=100063671822082

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ