- Advertisement -ad image

ކެސީނޯ މައްސަލަ: މަޝްވަރާ ކުރަންޖެހޭ ކަމަށް ވިދާޅުވުމުން މަހްލޫފު ހޫނުފެނަށް!

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ރިސޯޓްތަކުގައި ބަރާބަރަށް ރާ ވިއްކައި ހުރިހާ ސަކަރާތެއް ޖަހާ ކަމަށާއި ރާ ވިއްކުން ހުއްދަކޮށްފައި ކެސީނޯ ހިންގުން ހަރާމްނުކުރެވޭނެ ކަމަށް ވިދާޅުވުމުން ގިނަ އިލްމްވެރިން ކަންބޮޑުވުން ފާޅުކުރަައްވައިފިއެވެ.
އެގޮތުން މަހްލޫފްގެ ވާހަކައާ ގުޅިގެން ޝައިޚް ނިޝާން ވިދާޅުވީ ލާދީނިއްޔަތުގެ އިމާމުން މިހިރަ ފާޅުވަނީ ކަމަށެވެ. އަދި އިސްލާމްދީނުގެ ޘަވާބިތުތައް މުގުރާލައި އެ ކަންކަމުގައި ބަހުަސްކުރެވެން ޖެހޭނެކަމަށް ފާޅުގައި ބުނަމުން އެދަނީކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.


މީގެ އިތުރުން ޝެއިހު އިލްޔާސް ވިދާޅުވީ އިސްލާމްދީނުގައި ކަމެއް ޙަރާމްވެއްޖެނަމަ އެއްވެސް މީހަކަށް އެކަމުގައި އެ މީހެއްގެ ޚިޔާލު ފާޅުކުރުމުގެ ޙައްޤެއްނުވާކަމަށެވެ.


މިކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ޝެއިހު ޝަފީއު އަބްދުالله ވިދާޅުވީ، ޖުވާއަކީ ޤުރުއާނުގައި މާތް ﷲ ޞަރީޙަ ބަސްފުޅުން ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަަށާއި އެ ކަން ހުއްދަކޮށް އެ ކަމަށް މި ފަސްގަނޑުގައި ޖާގަދޭން ވަކާލާތުކުރާ މީހެއްގެ ނުބައިކަމާއެވެ.
އެފަދަ މީހަކު ކުފުރުގެ ތެރެއަށް ވެއްޓިދާނޭ ކަމަށް ބިރުވެތިވުން ހުރި ކަމަށާއި މިއީ އާދައިގެ ކަންކަމެއް ނޫން ކަމަށް ޝެއިހު ޝަފީއު ވިދާޅުވިއެވެ.

‏” ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ކެބިނެޓު ވަޒީރަކު ކެސީނޯ އެޅުމަށް ހިތްވަރު ދީ، އެއީ ޙަރާމްކަމެއް ނޫން ކަމަށް ވާހަކަދެއްކި ދެއްކުމަކީ ވެސް ބޮޑުވެގެންވާ ޖަރީމާއެކެވެ. ކުރި ހުވައާ ޚިފާލުކަމެއް “ ޝެއިހު ޝަފީއު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޝެއިހު ފަޒްލޫން ވިދާޅުވީ، ﷲ ޙަރާމްކުރެއްވި ކަމެއް ކުރުން ހުއްދަކުރާނީތޯ ނުކުރާނީތޯ ބަހުސްކުރެވޭނެކަމަށް ދެކި އެކަމަށް ވަކާލާތުކުރާ ހިސާބުން އެމީހަކު އެހުރީ މުރުތައްދުވެފައި ކަމަށެވެ. މިއީ އިސްލާމްދީނުގެ އަސާސީ ކަންކަން ކަމަށް ޝެއިހު ފަޒްލޫން ވިދާޅުވިއެވެ.


ޝެއިހު އިޔާޒު ވިދާޅުވީ، ﷲ ގެ ޝަރީޢަތުގެ ސައްޙަ ސަރީހަ ނައްސުން ޘާބިތު ޙަރާމްކަންތައް ނޯމަލައިޒުކުރަން އުޅޭ މީހުންނަކީ ހަރުކަށި ހައްދު ފަހަނައަޅާފައިވާ ފިކުރެއްގެ ބައެއް ކަމަށެވެ.

ޝެއިހު ޒައިދު ވިދާޅުވީ، އެއް ގޯސް ހަދާފައިވުމަކީ އެމައްޗަށް މަތިމަތިން ގޯސްހަދަން އޮތް ޙުއްޖަތެއް ނޫން ކަމަަށެވެ.
އަދި ރާ އޮތީމާ ދެން ދުނިޔޭ ލެއްވިހާ ނުބައެއް ގެންނަންވިއްޔޭ ކިޔައިގެން ވާހަކަ ދައްކާމީހުން މިދައްކަނީ ކޮންކަހަލަ މޮޔަ ބާތިލު ވާހަކައެއްތޯ ޝެއިހު ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.


މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފު ވިދާަލުވީ، ކެސިނޯގެ ނަން ބުންޏަސް އަދި އެ ވާހަކަ ދައްކަން ފެށިއަސް އެ ވާހަކަދައްކާ މީހަކު ގޯސްވެ ކުށްވެރިވާ ކަމަށެވެ.
އަދި ރާއްޖޭގެ ރިސޯޓުތަކުގައި ކެސިނޯ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށް މަހްލޫފު ވިދާޅުވިއެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ