- Advertisement -ad image

އެކައުންޓް ތަކުން ފައިސާ ގެއްލުމުގެ ތުހުމަތުތައް، ބެންކްގެ ހަމަހިމޭންކަން ތަރުޖަމާ ކުރަންވީ ކިހިނެތް؟

ad image

ގުޅުންހުރި ލިޔުންތައް

މީހުން ބެންކްގައި އެކައުންޓް ހުޅުވަނީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ފަސޭހަކަން ހޯދާށެވެ.
މިފަދަ ޓެކްނޮލޮޖީގެ ޒަމާނެއްގައި މީހާ ކިތަންމެ ދުރުގައި ހުއްޓަސް ފަސޭހަކަމާއެކު ފައިސާ ފޮނުވުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ ހިދުމަތެކެވެ.

ނަމަވެސް އޮތީ އެންމެ ސުވާލެކެވެ. ރާއްޖޭގައި މި ހިދުމަތް ދެމުން އަންނަ ބެންކް އޮފް މޯލްޑިވްސް އިން ދޭ ހިދުމަތާއި މެދު އިތުބާތު އޮތްތޯ ކުރެވޭ ސުވާލެވެ. މިއީ އަޅުގަނޑުގެ ހިޔާލެއް އަދި ތަސައްވުރެއްވެސް ނޫނެވެ.
މިއީ ސޯޝަލް މީޑިއާގައި އެތައް ރައްޔިތުން ފާޅު ކުރަމުންދާ ޝުއޫރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

‘ އަހަރެން އަތުން ގެއްލިއްޖެ ގާތްގަނޑަކަށް 2000 ރުފިޔާ. ހަދާފައި އިނީ 3 ޓްރާންސެކްޝަން. ބެންކުން ބުނީ ފޮރިން ޕާރޗޭސް އެކޭ. އެކަމަކު އަހަރެން ދުވަހަކުވެސް އެއްޗެއް ނުގަންނަން. ކިހިނެއް ކޮންތާކުން ކަމެއްވެސް ބުނެއެއް ނުދިން އެންމެ ފަހުން އެ ކާރޑް ބްލޮކް ކޮށްފައި އެހެން ކާރޑެއް ހަދަން ޖެހުނީ’

‘ އަހަރެންގެ ފިރިމީހާގެ މުސާރަ ޖަމާވިތާ ދެ މިނެޓްތެރޭ އެހެން އެކައުންޓަކަށް ޓްރާންސްފަރ ކޮށްފި. ފޯން އިން ޓްރާންސްފަރ ކުރި ކަމަށް އޮތީ. އެކަމަކު އެވަގުތު އޭނަ އަތުގައި ފޯނު ނުވެސް ނެތް. ތިން މަސް މިވީ އަދިވެސް ބެންކަށް ކޮށްދެވުނު ކަމެއް ނެތް ‘.

‘ ހުރޭ ކަނޑާފައި. އެއް ހަފުތާ ތެރޭ 500 ރުފިޔާ ގެއްލިއްޖެ. ފޯން އަށް މެސެޖް އައިސްފައި ހުރީ އެމޭޒަން ޕްރައިމްގެ ސަބްސްކްރިޕްޝަންއަށް ރުފިޔާ ކަނޑާފައޭ. އެކަމަކު އަހަރެން ބޭނުންވެސް ކުރާ އެއްޗެއް ނޫން އެއީކީ ‘.

‘ ފިހާރަތަކުން 3 ފަހަރު 4 ފަހަރު އެއް ބިލަށް ލާރި ކެނޑި ދުވަސްކޮޅު 3000 ހާ ރުފިޔާ ގެއްލުނު ‘.

މިދިޔަ ހަފްތާ ތެރޭ އަހަރެން ދަންނަ ދެ މީހެއްގެ އެކައުންޓުން ލާރި ހުސްވެއްޖެ. އެކަކުގެ 24 ހާސް ރުފިޔާ. އީމެއިލް އައިޑީ ހެކް ކޮށްގެން އީމެއިލްއަށް މޮބައިލް ބޭންކިންގެ ކޯޑް ދާގޮތް ހަދައިގެން. ޕޮލިސް އަށް ރިޕޯޓްކުރީމަ ބުނީ އަންހެން ކުއްޖެއްގެ އެކައުންޓަށް ޓްރާންސްފަރ ހަދާފައޭ.އެކުއްޖާ ގެނައިމަ ބުނީ ރައްޓެއްސެއް ބުނެގެން އެކައުންޓް ނަމްބަރު ދިނީމޭ.

‘ މީގެން އެއްވެސް މުއާމަލާތެއް ހިނގައިގެން ނުވަތަ އެކައުންޓުން ފައިސާ ގެއްލިގެން އެއަށްވީ ގޮތް ބުނުމުން ބެންކަކަށް އެއްކަމެއްވެސް ކޮށެއް ނުދެވޭ. އަހަރެން މިބުނަނީ ގުޅާފައި ބައްޕަ ހުރީ ލަންކާގައޭ. ކާރޑް އޮތީ ބައްޕަ އަތުގައޭ. އެކަމަކު މަޖީދީ މަގުގައި ހުރި ފިހާރައަކުން ވިޔަފާރިކޮށްގެން ފައިސާ ކަނޑާފި ކަމުގެ މެސެޖު އައިސްފިއޭ. ކިހިނެއްހޭ މިވަނީ. ބެންކަކަށް ޖަވާބެއް ނުދެވުނު.’

މިއީ ސޯޝަލްމ ީޑިއާގައި މި ޝުއޫރުތައް ފާޅުކޮށްފައިވާ މަދު ބައެއްގެ ކޮމެންޓްތަކެވެ.
މިފަދަ އެތައް ކޮމެންޓެއް އެތައް ޝުއޫރެއް ކޮންމެ ދުވަހަކު އެތައް ބަޔަކު ކުރެއެވެ. އެކަމަކު ބެންކް އޮފް މޯލްޑިވްސް އަށް ކަހާތަން ހަމަ ހިރުވާވެސް ނުލައެވެ. ރަސްމީ ސިފައެއްގައި މިފަދަ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއެވެ.
ބެންކްގެ ހަމަހިމޭންކަމުގެ މާނަ އަހަރުމެން ރައްޔިތުން ކުރަންވީ ކޮންގޮތަކަށް ހެއްޔެވެ. ދިވެހިންގެ ބޭންކާ ދިވެހިން ކުރާ ސުވާލުގެ ޖަވާބު ނިކަން ދިވެހިން ދެއްވަ ބަލާށެވެ. މިއީ ގިނަ ދިވެހި ރައްޔިތުންގެ އާދޭހެކެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ