- Advertisement -ad image

ގަޑިއަށް އޮފީހަށް ދާން މިހާރު ބަހަށް އެރޭކަށް ނެތް!

ad image

ގުޅުންހުރި ލިޔުންތައް

ބަހުގެ ހިދުމަތަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ދެމުން އަންނަ އާއްމު ރައްޔިތުން އޭގެން ފަސޭހަ ލިބިގަންނަ ހިދުމަތެކެވެ.
މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ފެށީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް ވުޖޫދުވެގެން އައި ފަހުންނެވެ.
އަދި މިހާރު ބަހުގެ ހިދުމަތަކީ އެތައް ބަޔަކު އެ ހިދުމަތަކަށް ބަރޯސާވެފައިވާ ކޮންމެވެސް މުހިންމު ހިދުމަތަކަށް މިވަނީވެފައެވެ.
ސަބަބަކީ ހުޅުމާލޭގައި އަލަށް މީހުން އާބާދުވެފައިވާ ސަހަރުގައި މީހުން ދިރިއުޅެން ފެށުމެވެ.
މާލޭގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު އެ ސަހަރުގައި ދިރިއުޅެއެވެ. އެހެންކަމުން ބަހުގެ ހިދުމަތް ހޯދާ މީހުންނާއި ދަރިވަރުން ބައިވަރެވެ.
ނަމަވެސް މިހާރު އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދެމުން އަންނަ ގޮތާއި ދޭތެރޭ ގލއެ ހިދުމަތް ހޯދަމުން އަންނަ ގިނަ ބަޔަކު ހިތްހަމަ ނުޖެހެއެވެ.

‘ އަޅުގަނޑު އަބަދުވެސް އަރަނީ 8:15 ގެ ބަހަށް. މީގެ 2 ހަފްތާކުރިން 8:15 އަށް ބަސް ނައިމަ ކައުންޓަރުގަ އިން ސްޓާރފް ގާތު ބަސްލަސްވަނީ ކީއްވެގެންތޯ އަހާލީމަ ބުނީ މިހާރު ބަސް އަންނާނީ 8:20 ގައި ކަމަށް. އެ ހަފްތާގަ އެގޮތަށް ދިޔައީ.
މި ހަފްތާގެ އާދީއްތަ ދުވަހު 8:20 ގެ ބަހަށް އަރަން އައިމަ ބުނީ 8:15 ގަ ބަސްނައްޓާލައިފިޔޭ.
މިއަދު މިހާރު ޝެޑިއުލް ބަސް ނޯންނަނީތޯ އަހާލީމަ ބުނީ، ބަސް ސްޓޮޕްތައް އިތުރުވުމުގެ ސަބަބުން މިހާރު ޝެޑިއުލް ބަހެއް ނޯންނަކަމަށް ‘ ބަހުގައި ކޮންމެ ދުވަހަކު އޮފީހަށް މާލެ ދާ އަންހެނަކު ބުންޏެވެ.

‘ މިހާރު މިވާގޮތަކީ ބަސް ފުރުނީމަ ނައްޓާލަނިއްޔޯ. ވަކި ގަޑިއެއް ނޯވެޔޯ. މިދެން އަރަތެއްނު. ސްކޫލް ކުއްޖަކު ގޮވައިގެން ގަވައިދުން މާލެ ދާ މަންމަ އަކު ބުންޏެވެ.

ބަހުގެ ހިދުމަތަކީ މުހިންމު ހިދުތެއް ކަމާއި އަދި ބަހުގެ ހިދުމަތް ދޭން ޖެހެނީ ކަމަކަށް ކަމެއް ކުރާ އުސޫލުން ނޫންކަން އެމްޓީސީސީގެ ވެރިންނަށް ނޭންގެނީ ކީއްވެ ކަމާ މެދު ސުވާލު އުފެދެއެވެ.
ބަހުގެ ހިދުމަތް ފެށުމާއެކު އެ ކުންފުނީގެ ވެރިން މީޑިއާ ސްޓަންޓްތައް އެވަރަށް ޖެއްސިއެވެ.
އެކަމަކު މިޖެހުނީ ކޮންތާކު ހެއްޔެވެ. ހަމަ ބަހަކަށް ބުނެ ބުނެ ތިއްބާ މިކަންވެސް މި އޮތް ބޮއްސުންލީއެވެ.
އާޒިމްއަށް ދަންނަވާލަން އޮތީ ސަޅިބައިސާ ކެނޑުން ހުއްޓާލާ ބަސް މަދުކޮށްފައި އަމަލު ގިނަ ކުރާށެވެ.

ގުޅުންހުރި ލިޔުންތައް

4 ޚިޔާލު

  1. އާޒިމަކީ މިކަމައް ކުފޫ ހަމަވާ މީހެއް ނޫން ނާގާބިލުބަޔަކަށް ކަންކަން ލިބުނީމާ ވާނެ ހައެތި މިވަނީ ދެންވެސް ސަލާމް ބުނެފާ އިސްތިއުފާ ދިނުން ރަގަޅީ ދޯ

  2. ތިޔަކަންވެސް ހައްލު ކުރެވޭނީ ޢުމަރަށް. ވެރިކަމަށް ކުރިމަތި ލައްވަން ތިއްބެވި ބޭފުޅުންގެ ތެރޭގައި ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅަކަށް ފެންނަނީ ހަމަ ޢުމަރު ނަޞީރު އެކަނި………ދީނަށް ގައުމު ސީދާކުރުމަށް މަސައްކަތް ކުރައްވަނީ ޢުމަރު…….އެބޭފުޅާގެ އަރިހުގައި މީހުންމަދު…ބަދުރުގެ ދުވަހު މީހުން ގިނައީ ކާފަރުންގެ ކޮޅުގައި..ނަސްރު ލިބުނީ ދީނުގެ ކޮޅަށް….އިބުރަތް ލިބިގަނެ ގައުމު ސަލާމަތް ކުރުމަށް އުމަރަށް ބައިއަތު ހިއްޕަވާ.

  3. މިތަނަކީ ވަކި ބަސް ލޭނެއް އޮންނަ ތަނެއްނޫން ޝެޑިއުލެއްގައި މިކަން ކުރަން.. ސައިކަލު ދުއްވާހެންބަސް ދުއްވަމުން އާންމުންނާއި ޓެކްސީ ޑުރައިވަރުނގެ ދުއްޕާނާއެކު ވަރަށް ޙާލުގައި މިޙިދުމަތް ދޭތީވެސް ޝުކުރުވެރިވާން ޖެހޭ.. މިވަގުތު މިކަން ހުއްޓާލިޔަސް ކޮނޑަށް ދަރިން ލައިގެން ސުކޫލަށް އުފުލަންޖެހޭ ދުވަހު ޝުކުރުވެރިވާން ދަސްވާނެ..ހެނދުނު ސުކޫލަށް އަދި ނިމޭ ގަޑީގައި އެކްސްޓްރާ އިތުރު 5 ބަސް ނެރިގެން އެބަ ދުއްވާ..ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާކަމެއްނޫން ޓެކްސީ ދުއްވާހެން ބަސް ދުއްވުން.. އެކަމު ރައްޔިތުންނަށްޓަކައި އެކަންވެސް އެބަ ކޮއްދޭ..ކުރަންޖެހޭ ކަމެއްނޫން..ހަމަ ޝެޑިއުލް އެކަނި ހިންގަންވީ އެޕްރިޝިއޭޓް ނުކުރާ ބައެއްކާރީ..ގަޑިޖެހެންވީމަ ނިކުމެގެން ގަޑިއަށް ބަހުގައި ނުދެވޭނެ..ބަސް ދުއްވެނީ ރަށުތެރޭ 30އަށް ބުރިޖުގައި 50 އަށް.. އެއަށްވުރެބާރަށް ދުއްވިއްޔާ ޑުރައިވަރުގެ ވަޒީފާ ގެއްލޭ..މީހަކު އިސްތައްޓޭ ބުނާއިރަށް ހަބަރެއް ލިޔުނަކަސް ނުވާނެ..

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ