- Advertisement -ad image

ދިރިއުޅުމުގެ އެންމެ ދަތި އުދަނގޫ ވަގުތު ތިދިމާކުރީ ޓެކްސް ބޮޑުކުރާށެވެ!

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ޓެކްސް ބޮޑު ކުރުމުގެ ބިލާ ގުޅިގެން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އެ ބިލުގައި އޮތީ އާންމުންގެ އަތުން ނަގާ ޖީއެސްޓީ 2 އިންސައްތައިން ބޮޑުކޮށް 8 އިންސައްތައަށް ހެދުމަށާއި، ފަތުރުވެރިން އަތުން ނަގާ ޓެކުސް 4 އިންސައްތައިން ބޮޑުކޮށް 16 އިންސައްތައަށް ބަދަލު ކުރުމަށެވެ.
އެކަމަކު މި ބިލް ހުށަހަޅާ ސަރުކާރަށް ތާއީދު ކުރާ މެންބަރުން ދައްކާ ވާހަކައިން ހަމަ އަޖައިބުވެއެވެ.

ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދިނީ މިބައި މީހުން ކުރަން ބޭނުން ކޮންމެ ކަމެއް ކުރަންވީމަ އެއީ ރައްޔިތުންގެ ހައްގުގައި ކުރާ ކަމެއް ކަމަށް ބުނާ ކަށް ނޫނެވެ.
ރައްޔިތުން ތިބި ހާލަތު އެނގޭ ހެއްޔެވެ. މިދިޔަ ވިހި އަހަރުތެރޭ އަހަރެމެންގެ ދިރިއުޅުމަށް އައީ ކޮން ހެޔޮ ބަދަލެެއް ހެއްޔެވެ. މާލީ ގޮތުން އައީ ކޮން ތަނަވަސް ކަމެއް ހެއްޔެވެ.
އެކަމަކު ކިތައް ފަހަރު ޓެކްސް ބޮޑުކޮށްފި ހެއްޔެވެ. މިއިން ކޮންމެ ފަހަރަކު އަހަރެމެންގެ ދިިރިއުޅުން އިތުރަށް ދަތިވީ އެވެ. އުނދަގޫވީއެވެ. ކުރަން ޖެހޭ ހަރަދު އިތުރުވީއެވެ. މިއީ އަހަރެމެންގެ ދިރިއުޅުމުގައި އެންމެ އުނދަގޫ އެއް ވަގުތެވެ. އަނެއްކާވެސް ތިޔަ ދިމާކުރީ ޓެކްސް ބޮޑުކުރާށެވެ.
ދައުލަތުގެ ހަރަދު ދެކޮޅު ޖެއްސުމަށް ކަމަށް ބުނެއެވެ. ސިޔާސީ މަގާމުތަކުގައި އެތައް ސަތޭކަ ބަޔަކު އެބަތިއްބެވެ. އަދިވެސް މަގާމުތަކަށް އައްޔަން ކުރާ ސިޔާސީ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މަޖިލީހުގެ މެންބަރުންގެ މުސާރައާ އިނާޔަތުން އެންމެ ބައި ރުފިޔާއެއްވެސް ކުޑަ ނުކުރެއެވެ.
ދައުލަތުގެ ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅެއް ނެތެވެ. ވެރީން އެ ތިއްބެވީ ބޭރު ދަތުރުކުރެއްވުމުގައި އަވަދިނެތިއެވެ. ހަރަދު ކުޑަ ކުރަން ފިނޭސްމިނިސްޓްރީން އެންގުމާއެކުވެސް ދަތުރުތައް ވީ އިތުރެވެ.
މި ހުރިހާ ކަމެއް މިހެން އޮވެ، ދެކޮޅު ޖައްސަން ކުރަން ފެނުނު ކަމަކީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމެވެ. އެކަން ކުރަން ދިމާކޮށްފައިވެސް މިއީ ރައްޔިތުންނަށްޓަކާ ކުރާ ކަމެކޭ އެބަ ބުނެއެވެ. އަހަރެން ހިތުން މި މީހުންގެ ލަދުވެތި ކަމެއްވެސް ނެތެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

  1. ރައްޔިތުންގެ ޖީބުތައް ތަނަވަސްވުމުގެ ބަދަލުގައި މިމީހުންކުރާނީލުޔެވެ. ބަރުކުރާނީ އެމީހުންގެ ޖީބުތަކެވެ. އެއީ ރައްޔިތުމީހާއަށް ފަސޭހަކުރާށެވެ.

  2. ތިޔަކަން ހައްލު ކުރެވޭނީ ވެސް ޢުމަރު ނަސީރަށެވެ..ވެރިކަމަށް ކުރިމަތި ލައްވަން ތިއްބެވި ބޭފުޅުންގެ ތެރޭގައި ވެރިކަމަށް ގެންނަން އެންމެ ރަނގަޅު ބޭފުޅަކަށް ފެންނަނީ ޢުމަރު ނަޞީރު އެކަނި………ދީނަށް ގައުމު ސީދާކުރުމަށް މަސައްކަތް ކުރައްވަނީ ޢުމަރު…….އެބޭފުޅާގެ އަރިހުގައި މީހުންމަދު…ބަދުރުގެ ދުވަހު މީހުން ގިނައީ ކާފަރުންގެ ކޮޅުގައި..ނަސްރު ލިބުނީ ދީނުގެ ކޮޅަށް….އިބުރަތް ލިބިގަނެ ގައުމު ސަލާމަތް ކުރުމަށް އުމަރަށް ބައިއަތު ހިއްޕަވާ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ