- Advertisement -ad image

މޭވާއިން ދައްކަންޖެހޭ ޓެކުހެއް ނެތް! އެކަމަކުވެސް އާފަލެއް 12 ރުފިޔާއަށް!

ad image

ގުޅުންހުރި ލިޔުންތައް

މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނަގަން މަޖިލީހުން ފާސްކުރީ ނިމުނު ނޮވެމްބަރު މަހުއެވެ.
ޓެކްސް ގާނޫނަށް ޖުނުއަރީ 2023 އިން ފެށިގެން އަންނަ ބަދަލާއެކު ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.

އެކަމަކު އަދި ޖެނުއަރީ މަސް އަންނަން 1 މަސް ދުވަސް ބާކީ އެބައޮތެވެ. ނަމަވެސް މިހާރު ތަކެތީގެ އަގުތައް ޑަބަލް ކޮށްލައިފިއެވެ.
އެކަމަކު އެވެސް ސުންރޭޓްގެ ޑިއުޓީ ނަގާ މުދަލުންނެވެ.


އާފަލެއްގެ އަގު 9 ރުފިޔާއަށް ބޮޑުކޮށް ސަރުކާރުން ޖީއެސްޓީ ބޮޑު ކުރީމަ އަގުބޮޑު ކުރީއޭ ބުނި ވިޔަފާރިވެރިންނަށް ބުނެލަން ހެއްޔެވެ.
މޭވާގެ ހުރިހާ ބާވަތަކީ ސުން ރޭޓުގައި ޖީއެސްޓީ ނެގޭ އެއްޗިއްސެވެ. ޔައުނީ މޭވާއިން ދިވެހި ދައުލަތައް ދައްކަން ޖެހޭ ޓެކުހުގެ މިންވަރަކީ ސުމެކެވެ.


ޖީއެސްޓީ ބޮޑުކުރަނީ 1 ޖަނަވަރީ 2023 އިން ފެށިގެން ކަމަށްވާއިރު
އާފަލާ އޮރެންޖުގެ އަގުބޮޑު ކުރީ ކީއްވެކަން ހަމަ އެގޭނީ އަގު ބޮޑުކުރި ވިޔަފާރިވެރިޔާއަށެވެ.

ސާފުވެ އެނގެން އޮތް ކަމަކީ ދައުލަތަށް ޓެކުހެއް ދައްކަންޖެހޭ އެއްޗެއް ނޫން ކަމެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ގެންނައިރު ހަލާކުވެފައި ތަޅައިންގޮސްސައި ހުންނަ ސޯސްފުޅި ޖޫސްފުޅި ތަކުން ވެސް ޑިއުޓީ އާއި ޖީއެސްޓީ ދައްކަންޖެހޭ.. ތަކެތި ގެންނަން ޑޮލަރު ލިބެނީ އެހާމެ ބޮޑުކޮށް.. އަހަރުމެން އާދައިގެ ރަތްޔިތުން ފެލައިގެން އެ ވެރިންގެ މުސާރަ ތައް ބޮޑު ކޮއްގެން. އެވެރިން ބޭނުންވާ އެއްޗެއް ގަނެވޭނެ. ކުރިޔަށް އޮތް ތަނުގައި ހުރިހާ އެއްޗެއް ވެސް ބޮޑުވާނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ