- Advertisement -ad image

73 ގަޑިއިރު ފަތައިގެން އެންމެ ގިނަ އިރު ފެތިމީހާގެ ރެކޯރޑް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް

ހަތްދުވަހުގެ ތެރޭގައި 73 ގަޑިއިރަށް ފަތައިގެން ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ އިރު ފެތި މީހާގެ ރެކޯޑް ހަދައިފިއެވެ. މި ރެކޯރޑް ހަދާފައިވަނީ ޖޮއެލް މާރޓޯސް ކިޔާ މީހެކެވެ. މި ރެކޯރޑް ހެދުމަށް ޖޮއެލް ވަނީ 126 މޭލަށް ހަތްދުވަސް ތެރޭގައި ފަތާފައެވެ. އޭނާ މި ރެކޯރޑް ހަދާފައިވަނީ ފެބްރުއަރީ 20 އިން 26 އަށް 50 މީޓަރު ފްރެޝްވޯޓަރ ޕޫލްއެއްގައެވެ.

މި ރެކޯރޑް އޭނާ ހަދާފައިވާކަން ގަބޫލުކޮށް ސެޓްފިކެޓް ދީފައިވަނީ އޮފިޝަލް ވޯރލްޑް ރެކޯރޑް ކޮމްޕެނީއިންނެވެ. މިރެކޯރޑް ހެދުމަށް ޖޮއެލް ވަނީ ދުވާލެއްގެ މައްޗަށް 29،000 މީޓަރަށް ފަތާފައެވެ. މިއީ ދުވާލަކު 10.5 ގަޑިއރެވެ. އެގޮތުން ޖުމުލަ 73 ގަޑިއިރާއި 32 މިނެޓް 11 ސިކުންތް މި ރިކޯރޑް ހެދުމަށްޓަކައި އޭނާ ފަތާފައިވެއެވެ.

ޖޮއެލް ބުނެފައިވަނީ މިއީ އެންމެ ކޮމްޕްލިކޭޓެޑްގެ ކޮށް އޭނާއަށް ހާސިލް ކުރެވުނު ރެކޯރޑް ކަމަށެވެ. އަދި އެއްވެސް އެންޖަރީއެއް ނުވެ މި ރެކޯރޑް ކާމިޔާބު ކުރުމަށް މަސައްކަތް ކުރެވުމަކީ އެންމެ މުހިންމު ސަބަބު ކަމަށް އޭނާ ބުންޏެވެ.

ޖޮއެލްއަކީ މީގެ ކުރިންވެސް ފެތުމުން ދުނިޔޭގެ އެކި ރެކޯރޑްތައް ހަދާފައިވާ މީހެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ