- Advertisement -ad image

ބައްސާމް ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެފި

ad image

ގުޅުންހުރި ލިޔުންތައް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުރުން މަނާކުރުމުގެ އަމްރު ކޯޓުން ނެރެފިއެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ އެފްއޭއެމް ގެ މައްސަލައާއި ގުޅިގެން ބައްސާމް ފުރުން މަނާކުރުމުގެ އަމުރު ވަނީ ކޯޓުން ނެރެދީފައި ކަމަށެވެ.
އެފްއޭއެމްގެ ރައީސް، ބައްސާމްގެ ޕާސްޕޯޓް ވެސް ވަނީ މިއަދު ހިފަހައްޓައިފައެވެ. އެނގިފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވާތީ، ފުލުހުން އެދިގެން އިމިގްރޭޝަނުންނެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ހަމަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ޕީޖީ އޮފީހުގެ އެދުމަށް އެފްއޭއެމްއަށް ފުލުހުން ވަދެ ބައެއް ލިޔެކިޔުންތަށް ގެންގޮސް ތަހުގީގު ކުރަމުން ދާއިރު، ދާދި ފަހުން ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި ތަހުގީގަށް މިހާރު ވަނީ ބޮޑެތި ކުރިއެރުން ތަކެށް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ