- Advertisement -ad image

ރަށް އިސްކޮށް، ބުޅިކެ ވޮލީ އާއި ދުރަށް!

ad image

ގުޅުންހުރި ލިޔުންތައް

ވ.ފެލިދޫގެ ކައުންސިލް ރައީސް ކަމަށް ވާދަކުރާތީ، ކުޅަދާނަ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ)، ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާ ދުރަށް ޖެހެން ނިންމައިފިއެވެ.
އުމުރުން 29 އަހަރުގެ ބުޅިކެ އަކީ މިހާރުވެސް ފެލިދޫ ކައުންސިލްގެ ނައިބު ރައީސްއެވެ.
ކައުންސިލްގެ މި ޒިންމާދާރު މަގާމުގައި ހުރެވެސް ބުޅިކެ އަންނަނީ ވަގުތުވީ ވަރަކުން ގައުމީ ވޮލީ ބޯޅަ ޓީމާ އެކު އެކި މުބާރާތްތަކުގައި ކުޅެމުުންނެވެ.
މިވަގުތަށް ވޮލީ އާއި ދުރަށް ޖެހިލުމަށް ބުޅިކެ ނިންމީ ފެބްރުއަރީ 10 ވަނަ ދުވަހު އޮންނަ ފެލިދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރާތީއެވެ.
“ މިވަރުގެ ޒިންމާ ބޮޑު މަގާމަކަށް ދިއުމަށް ފަހު ގައުމީ ޓީމަށް ވަގުތުދޭން ވަރަށް ދަތިވާނެ ކަމަށް ގަބޫލުކުރެވެނީ. ރަށުގެ ތަރައްގީ އާއި ގުޅުންހުރި ހުރިހާ ކަމަކަށް ހުސްވާން ބޭނުންވަނީ. އެހެންވީމަ މިވަގުތަށް މި މުހިންމު ނިންމުން މި ނިންމީ “ ބުޅިކެ ބުންޏެވެ.
ބުޅިކެ ބޭނުންވަނީ ކައުންސިލްގެ ރައީސް ކަމަށް އޭނާ އިންތިހާބުވެއްޖެނަމަ ހުރިހާ ވަގުތެއް ރަށާއި ރަށުގެ ރައްޔިތުންނާއި ގުޅުންހުރި ހުރިހާ ކަމަކަށް ހުސްކުރާށެވެ. އެހެންކަމުން ފެބުރުއަރީ 10 ވަނަ ދުވަހު އޮންނަ ފެލިދޫ ކައުންސިލް ރައީސް ހޮވާ އިންތިހާބުގައި ކެންޑިޑިޑޭޓު ނަމްބަރު 2 ހުސެއިން ވިޝާމް (ބުޅިކެ) އަށް ވޯޓު ދިނުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ
ބުޅިކެ އަކީ 2021 ވަނަ އަހަރު، ފެލިދޫ ކައުންސިލް މެމްބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެން އިންތިހާބުވި މެންބަރުވެސްމެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ