- Advertisement -ad image

ފްރާންސްގެ މިނިސްޓަރަކާއި ދެކޮޅަށް ބެންޒެމާ އަބުރުގެ މައްސަލައެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކަރީމް ބެންޒެމާ އަކީ މުސްލިމް ބްރަދަހުޑްއާ “ނުބައި” ގުޅުމެއް އޮންނަ ތަރިއެއް ކަމަށް މިދިޔަ އަހަރު ބުނި ފްރާންސްގެ ދާޚިލީ ވަޒީރު ޖެރަލްޑް ޑާމަނިންއާ ދެކޮޅަށް އަބުރުގެ މައްސަލައެއް ހުށަހަޅައިފި އެވެ.

 ޑާމަނިން ބެންޒެމާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ލޭއޮހޮރުވުމުގެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ދިން “ބޭއިންސާފު ބޮމުގެ ހަމަލާތަކުގެ” ޝިކާރައަކަށްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ތާއީދުކޮށް ފްރާންސްގެ ކުރީގެ ފޯވާޑް އަދި 2022 ވަނަ އަހަރުގެ ބެލޮން ޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާ އޮކްޓޯބަރު މަހުގެ މެދުތެރޭގައި އެކްސްގައި ޕޯސްޓް ކުރުމުންނެވެ.

ބެންޒެމާގެ ޕޯސްޓަށް ރައްދު ދެމުން ޑާމަނިން ވަނީ މިސްރުގައި އުފެދުނު ސުންނީ މުސްލިމް އިސްލާމީ ޖަމާއަތެއް ކަމަށްވާ މުސްލިމް ބްރަދަހުޑްއާ އެ ބެންޒެމާ އާއި “ނުބައި ގުޅުމެއް އޮތް” ކަމަށް ތުހުމަތުކޮށްފަ އެވެ.

ގާނޫނީ ވަކީލު ހުގުސް ވިޖިއާ ހުށަހެޅުއްވި މި މައްސަލާގައި ބެންޒެމާގެ ވަނީ އެ ވާހަކަތަކުން ކުޅުންތެރިޔާގެ ޝަރަފާއި އަގު ވައްޓާލާ ކަމަށް ބުނެފައެވެ.

ސައޫދީ ކްލަބް އަލް އިއްތިހާދުއަށް ކުޅެމުން އަންނަ  މުސްލިމް ކުޅުންތެރިޔެއް ކަމަށްވާ ބެންޒެމާ ހުށަހެޅި ޝަކުވާގައި ބުނެފައި ވަނީ މުސްލިމް ބްރަދަހުޑް ޖަމިއްޔާއާ އޭނާ އާ ކުޑަވެސް ގުޅުމެއް ނެތް ކަމަށާއި އަދި އެ ޖަމިއްޔާގެ މެމްބަރެއް ކަމަށް ބުނާ އެއްވެސް މީހަކުވެސް ނުދަންނަ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ޑާމަނިން ވަނީ ބެންޒެމާއާ އޭނާގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށާއި ނަމަވެސް ހަމާސްގެ ހަމަލާގައި މަރުވި އިސްރާއީލުގެ މީހުންނަށް ތާއީދުކޮށް ނުވަތަ މި މަހުގެ ކުރީކޮޅު އިސްލާމް ދީނުގެ ކުރީގެ ދަރިވަރަކު ފްރާންސްގެ ޓީޗަރަކަށް ވަޅިން ހަމަލާދީ މަރާލުމާމެދު ފުޓްބޯޅަ ކުޅުންތެރިޔާ ޓްވީޓެއް ކޮށްފައި ނުވުމަކީ ހައިރާންވާ ކަމެއް ކަމަށް ބުނެފަ އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ ސަރުކާރުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކޮށްފައިވާ ކުށްތަކުގައި ދައުވާ ކުރުމުގެ ބާރު ލިބިފައިވާ ހަމައެކަނި ފްރާންސްގެ ކޯޓް ކަމަށްވާ ކޫރް ޑި ޖަސްޓިސް އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ