- Advertisement -ad image

2034 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ހައިޓެކް ސްޓޭޑިއަމް ތައްޔާރުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ސައުދީ އަރަބިއްޔާއިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެޗުތައް ބާއްވަން ނިންމާފައިވާ ރިޔާޒު ކައިރީގައި އޮންނަ 200 މީޓަރު އުސް ފަރުބަދައެއްގެ މަތީގައި ހައިޓެކް ސްޓޭޑިއަމެއް ހެދުމުގެ ޑިޒައިންތައް އާންމުކޮށްފި އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީގައި އަޅާ މި ސްޓޭޑިއަމްގައި 45،000 މީހުންގެ ޖާގައިގެ އިތުރުން ރިޓްރެކްޓެބަލް ފުރާޅާއި، ދަނޑުގެ އިތުރުން އެތައް ސަތޭކަ މީޓަރު (ޔާޑު) ހިމެނޭ އެލްއީޑީ ސްކރީން ވޯލެއް ހުންނާނެ އެވެ.

ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ކުޅިވަރުގެ އެންމެ ވަރުގަދަ ޤައުމަށް ވާން އަމާޒުގައި އޮތް މި ޤައުމުން ވަނީ މި ސްޓޭޑިއަމަށް  ސައުދީގެ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ސްޓޭޑިއަމްގެ ނަން ދިނުމަށް ނިންމައިފަ އެވެ.

މި ސްޓޭޑިއަމަކީ ސައުދީގެ ވެރިރަށް ރިޔާޒުގެ ޑައުންޓައުންއާ 30 މޭލުދުރުގައި މުނިފޫހިފިލުވުމާއި ގޭމިން އަދި ކުޅިވަރު ހަބެއް އުފެއްދުމުގެ މަގްސަދުގައި ހިންގާ ކިދިޔާ ސިޓީ ޕްރޮޖެކްޓްގެ ސެންޓަރޕީސް އެވެ.

ކިއުއައިސީއަކީ ވަލީއަހުދު ރިޔާސަތު ބަލަހައްޓަވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ފުރިހަމަ މިލްކިއްޔާތެކެވެ. ސައުދީ ސޮވެރިން ވެލްތްގެ ގޮތުގައި ގާތްގަނޑަކަށް 700 ބިލިއަން ޑޮލަރު މެނޭޖްކުރާ އެ ކުންފުނީގެ ތެރޭގައި ލިވް ގޮލްފް ޕްރޮޖެކްޓާއި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ނިއުކާސަލްގެ އިންވެސްޓްމަންޓްތައް ހިމެނެ އެވެ.

ކިއުއައިސީން ބުނީ އާ ސްޓޭޑިއަމަކީ މިދިޔަ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ ސޮއިކުރި ރިޔާޒް ކްލަބްތައް ކަމަށްވާ އަލްނަސްރު އަދި އަލް ހިލާލްގެ ހޯމް ވެނިއުއަކަށް ހެދުމަށް ހަދާފައިވާ ސްޓޭޑިއަމެއް ކަމަށެވެ.

2034 ވަނަ އަހަރު ފިރިހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމައެކަނި ބިޑް ހުށަހަޅާފައިވަނީ ސައުދީ އަރަބިއްޔާއަށް ކަމަށްވާއިރު، ފީފާއިން މިއަހަރުގެ ފަހުކޮޅު ގައުމީ ފުޓްބޯޅަ ފެޑެރޭޝަންގެ 200 އަށްވުރެ ގިނަ ފެޑެރޭޝަނާ އެކު ނަގާ ކޮންފަރމޭޝަން ވޯޓަކުން އެ މުބާރާތް ކަށަވަރުކުރާނެ މިހާރުވަނީ ޔަގީންވެފަ އެވެ.

ފީފާއިން ބުނީ 48 ޓީމު ހިމެނޭ މި މުބާރާތަށް 14 ސްޓޭޑިއަމް ބޭނުންވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ