ބައިބަލާ މުބާރާތުގެ ސެމީ ފައިނަލްގެ މެޗްތަކާއި ފައިނަލް މެޗް މިރޭ ބާއްވާ ގޮތަށް ބައިބަލާ އެސޯސިއޭޝަނުން ނިންމައިފިއެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މިރޭ އެންމެ ފުރަތަމަ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ކްލަބު އީގަލްސް އާއި ކްލަބް ޓީނޭޖްއެވެ. މިމެޗް އޮންނާނީ މިރޭ 20:30 ގައެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބް އާއި ކްލަބް އޯ ވަން އޯ އެވެ. މިމެޗް ފަށާނީ 21:00 ޖަހާއިރުއެވެ.
އަދި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 23:00 އެވެ. މިމެޗްގައި ބައްދަލު ކުރާ ޓީމު އެނގިގެންދާނީ ސެމީ ފައިނަލްގެ ދެ މެޗް ނިމުމުންނެވެ. މިއަހަރުގެ ބައިބަލާ މުބާރާތް ފަށާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.