- Advertisement -ad image

ރޭސިން އެސޯސިއޭޝަންގެ ޗަރުކޭސް 2022 ކާމިޔާބުކަމާއެކު ނިންމާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރޭސިންގް އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް ގެ ހުނަރު ދެއްކުމުގެ އިވެންޓު “ޗަރުކޭސް 2022” ނިއްމާލައިފިއެވެ. މި އިވެންޓު ކުރިޔަށް ދިޔައީ އުސްފަސްގަނޑުގައި އޮންނަ ހެލިޕޭޑްސަރަހައްދުގައި ހޮނިހިރު ދުވަހު ހަވީރުއެވެ. ކޮންމެ އަހަރަކުވެސް ބާއްވާ މި އިވެންޓް ހާއްސަ ކޮށްފައި އޮންނަނީ ޗަރުކޭސް ދައްކަން ބޭނުންވާ ކުދިންނަށެވެ. މި އަހަރު ކާރުގެ ހަރަކާތް ދައްކާ ނުލިޔަސް އަންނަ އަހަރު ކާރުގެ ބައިވެސް މި އިވެންޓުން ފެނިގެން ދާނެކަމަށް ރޭސިން އެސޯސިއޭޝަނުން ހާމަކުރެއެވެ.
“އެ އެސޯސިއޭޝަނުން ހާމަކުރާ ގޮތުގައި މިފަދަ އިވެންޓެއް އިންތިޒާމުކޮށް ރޭވުމުގެ މަގުސަދަކީ މި ކުޅިވަރުގައި އުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުން ކަމަށާއި އަދި އޭނގެން ކޮންމެ ކުއްޖަކަށް އެކުއްޖެއްގެ ހުނަރު ދައްކާލެވޭނެ ޕުލެޓު ފޯމެއް ހަމަޖައްސާ ދިނުން ކަމަށެވެ.
ނިސްބަތުން މަދު ކުދިންކޮޅަކާ އެކު މި އިވެންޓު ކުރިޔަށް ދިޔައީ ރޮބޯ މޭން އާއި ކާއްޓޭގެ ބޮޑުބައިވެރިވުމަކާވެސް އެކުގައި އެވެ. ކާއްޓޭ ވަނީ މި އިވެންޓުގެ ހޯސްޓުގެ ގޮތުގައި ހުރެ މުޅި ސަރަހައްދު ފަޅުފިލުވާލަދީފައެވެ. ރޮބޯ މޭން އެތަކެއް ތުއްތުކުއްޖަކަށް ހިނިތުންވުން ގެނެސްދިނެވެ.
ޝަރަފުވެރި މެހެމާނެއްގެ ގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ބައިވެރިވުމަކީ މި ސަރުކާރުން މޮޓޯސުޕޯޓްސް އަށްވެސް ދޭ އެއްބާރުލުން ފެނިގެން ދިޔަ ކަމެއްގެ ގޮތުގައި އެސޯސިއޭޝަނުން ސިފަކުރެއެވެ..
ޗަރުކޭސް އިވެންޓުން އެއްވަނައަށް ދިޔާއީ އަލީ އަޝްފާގު އަދި ދެވަނައަށް ދިޔައީ ޝުއޭބު މުޙައްމަދު އެވެ.

ރޭސިން އެސޯސިއޭޝަންގެ ޗަރުކޭސް 2022ގެ ބައިވެރިން ހުނަރު ދައްކާލާފައިވަނީ ޝީޝާއިން ވިއްކާ ހޮންޑަރ ވިނަރ އެކްސް ސައިކަލުގައެވެ.

ޗަރުކޭސް ހިންގާކުދިންގެ އާދޭހަށް ނިމުމެއް އައިސް އެކުދިންނަށް ހާއްސަ އަހަރީ އިވެންޓެއް ރޭވިގެން ދިއުން މިއީ މިކަންވެސް ކުރިއަރާ މިކަމުގައި އުޅޭނެ ކުދިން އިތުރުވާނެ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް އެސޯސިއޭޝަންއިން ފާހަގަ ކުރިއެވެ.

މިގޮތަށް އިވެންޓުތަށް ބޭއްވެނީ އެތަކެއް ބައެއްގެ އެއްބާރުލުން ލިބިގެންކަން ފާހަގަކޮށް ހުރިހާ ފާރާތްތަކަށް އެސޯސިއޭޝަންއިން ޝުކުރު އަދާކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ