- Advertisement -ad image

ޗެމްޕިއަންސް ލީގު: ޗެމްޕިއަންކަން ހޯދީ ރެއާލް އިން

ad image

ގުޅުންހުރި ލިޔުންތައް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗް 1-0 ން ލިވަޕޫލް ބަލިކޮށް ރެއާލްއިން ޗެމްޕިއަންކަން ހޯދައިފިއެވެ. ފްރާންސްގެ ޕެރިހުގައި ކުޅުނު މި މެޗްގެ ފުރަތަމަ ހާފު ނިމުނު އިރު ނަތީޖާއަށް ބަދަލެއް ނާދެއެވެ. މެޗްގެ ފުރަތަމަ ހާފުގައި ލިވަޕޫލްއިން ރަނގަޅު ކުޅުމެއް ދައްކާ ރެއާލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވިއެވެ. ނަމަވެސް ރެއާލްގެ ކާިޕަރު ވަނީ މި ހަލާތައް ދިފާއުކޮށްފައެވެ.

މެޗްގައި ފެނުނު ހަމައެކަނި ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީސިއަސް ޖޫނިއާއެވެ. މިއީ މި މުބާރާތުގައި އޭނާޖެހި ހަތަރުވަނަ ގޯލެވެ.

މިއީ ރެއާލްއިން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި 14 ވަނަ ފަހަރެވެ. އެޓީމުން މިހާތަނަށް ވަނީ 17 ފަހަރަކުން ޗެމްޕިއަންސް ލީގު ފައިނަލް ކުޅެފައެވެ. ރެއާލް އަކީ ސަޕޯޓަރުން ގިނަ ކްލަބެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ