- Advertisement -ad image

އެސޯސިއޭޝަން ކަޕް: ދިވެހި ސިފައިންގެ ކުލަބާ ވާދަކުރި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފި 

ad image

ގުޅުންހުރި ލިޔުންތައް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ޕޮލިސް  ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗު ޕޮލިސް ކުލަބުން ކާމިޔާބުކޮށްފިއެވެ. 

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކަމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ  ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކުރީ 25-15، 31-29 އަދި 25-29 އިންނެވެ. 

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ ހައްވާ ރާޝިދާއެވެ. 

ރޭގެ މޮޅާއެކު ޕޮލިސް ކުލަބުން ވަނީ މުބާރާތުގެ ގްރޫޕް ބީގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ކުލަބު އީގަލްސްއާ ވާދަކުރި ޕޮލިސް ކުލަބުން ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. 

އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކުލަބުން ވާދަކުރާ ތިން ވަނަ މެޗުގައި ވާދަކުރާނީ ކުލަބް ހާފްލައިން ލިންކޭޖްއާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި 31 ވަނަ ދުވަހުގެރޭ 21:45 ގައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ