- Advertisement -ad image

ވިހި އަހަރުން ދަށުގެ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަށާނީ މިމަހު 25 ގައި!

ad image

ގުޅުންހުރި ލިޔުންތައް

ވިހި އަހަރުން ދަށުގެ ސާފުޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން މިމުބާރާތުގައި ވާދަކުރާ ވިހި އަހަރުން ދަށުގެ ގައުމީ ޓީމު މިހާރު ވަނީ މުބާރާތް އޮންނަ އިންޑިއާގެ ބުބަނޭޝްވަރަށް ގޮސްފައެވެ.
މުބާރާތުގައި ވާދަކުރަނީ ދިވެހިރާއްޖެ، އިންޑިއާ، ބަންގަލަދޭޝް، ސްރީލަންކާ އަދި ނޭޕާލެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރަނީ ރާއްޖެ އަދި ނޭޕާލެވެ. ދެވަނަ މެޗް މިމަހުގެ 29 ވަނަ ދުވަހު ކުޅޭއިރު ބައްދަލު ކުރުމަށް ތާވަލުކޮށްފައިވަނީ ރާއްޖެ އަދި ބަންގްލަދޭޝްއެވެ.
މިމަހުގެ 31 ވަނަ ދުވަހު ރާއްޖެ އާއި ސްރީލަންކާ ބައްދަލު ކުރާއިރު އޮގަސްޓް ދެވަނަ ދުވަހު ބައްދަލު ކުރާނީ ރާއްޖެ އަދި އިންޑިއާއެވެ.
މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ގިނަ ޕޮއިންޓްލިބޭ ދެ ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ